އަލީގެ ސުވާލު: ޗައިނާއަށް ބަވާފައި ފަށާ މަޝްވަރާތަކުން ނަތީޖާއެއް ހޯދިދާނެބާ ؟

1527059883.jpg

ބ.ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން

ދެއިރު ދެދަޅައަށް ޗައިނާއަށް ބަވާފައި މިހާރު ފަށަން އުޅެ މަޝްވަރާ ތަކުން ނަތީޖާއެއް ހޯދިދާނެ ބާއޭ ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ސުވާލު އުފައްދަވައިފި އެވެ.

ޢަލީ މިހެން ވިދާޅުވީ “‏ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ” މި ސުރުޚީގެ ދަށުން ނޫހަކުން އިއްޔެ ގެނެސް ދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެމްޕީ އަލީ މިފަދައިން ސުވާލު އުފައްދަވާފައި މިވަނީ “‏ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ” މި ސުރުޚީގެ ދަށުން ނޫހަކުން އިއްޔެ ގެނެސް ދީފައިވާ ޚަބަރެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާއާއި އެކު ރާއްޖެ އިން މަތީ ފެންވަރުގެ މަޝްވަރާތަކެއް މިއަދު ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ހާމަކޮށްފަ އެވެ. މިގޮތުން ރާއްޖެ އާއި ޗައިނާގެ އޮފިޝަލުން މިއަދު ފަށާ ބައްދަލުވުމުގައި މަޝްވަރާކުރާނީ ބޯޑަރު ހުޅުވުމާއި ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށާއި، އެކަމަކު ފުޅާދާއިރާއެއްގައި ގިނަ ދާއިރާތަކަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ގެއްލުންތަކުންް ސަލާމަތްވުމަށް ގުޅިގެން މަސައްކަތްް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ނިންމާލެއްވުމަށް ފަހު ޗައިނާ ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ފަރާތްތަކުން ދައްކަމުންގެންދާ ޒިންމާދާރުކަން ކުޑަ ބައެއް ވާހަކަތަކުގެ ސަބަބުން ޗައިނާއާއި ދިވެހި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމަށް އެމްޕީ އަލީ ސުވާލު އުފެއްދެވި އިރު ރައްޔިތުންގެ މަޖިލިސްގެ ރައީސާއި، ބައެއް މެމްބަރުން ދަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދާ ވާހަކަ މިހަފްތާގައިވެސް ވަނީ  ތަކުރާރު ކުރައްވާފަ އެވެ. މި ފަހަރު ނަޝީދު އެހެން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރަށް ފާޑުކިޔައި، އިންޑިއާ ނޫސްވެރިިޔަކު ލިޔުނު ލިޔުމަކާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ހުޅުވާލެވިފައިވާ ސިޓީއެއް ގައެވެ.

އެ ސިޓީފުޅާ ގުޅިގެން ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަަތެއް ނެތް ކަމަށެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސަށް ކަމުގެ ދެކޮޅު ހަގީގަތް ބައްލަވާލައްވަން ވަގުތު ނެތުމުން ހިތާމަކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top