މެންބަރު އިކްރާމްގެ މައްސަލަ ހެލްތު ޔޫނިއަން އިން މަޖިލީހަށް ހުށަހަޅައިފި.

b_QgCUakBaRzgDwBj2XFaDe3mup.jpeg

މެމްބަރު އިކްރާމް: އޭނާގެ މައްސަލަ ހެލްތު ޔޫނިއަން އިން މަޖިލީހަށް ހުށަހަޅާފައި -- ފައިލް ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދައިރާގެ މެންބަރު އިކުރާމު ހަސަންގެ ކޮވިޑް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދީ، މާރާމާރީ ހިންގައި އަދި މަގާމުގެ ހައިސިއްޔަތު ބޭނުން ކޮށްގެން ބިރުދެއްކުމަށް މަސައްކަތްކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފައި ވަނީ، މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަނުންނެވެ.

މިކަމާ ގުޅިގެން އެމްއެޗްޕީޔޫ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، މެންބަރު އިކުރާމުގެ ސާމްޕަލް ނެގި ސިއްހީ ޚިދުމަތްތެރިޔާއަށް ދެ ފަހަރެއްގެމަތިން އަތް އިސްކޮށް، އަނިޔާކުރާ ނަމަ ޖެހުމުގެ ހައްގު އޮންނާނެ ކަމާއި، ޖަހާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ.

އޭނާއަކީ މަޖިލިސް މެންބަރެއް ކަމަށާއި “ތިގޮތަށް އަނިޔާ ނުކުރެވޭނެ ކަމަށާއި، ފުލުހުންނަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ ވަނީ ބިރުދައްކައިފަ، އަދި ޚިދުމަތްތެރިޔާގެ ނަން ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށް އޭނާއާ މުޚާތަބުކޮށް މުސްލިމެއް ނޫން ކަމަށް ދޭހަވާ އިބާރާތުން ވާހަކަދައްކާފައިވޭ،” ޔޫނިއަނުން ބުނެފައި ވެއެވެ.

ރައްޔިތުން އިންތިހާބުކުރާ އަދި ރައްޔިތުން ތަމްސީލްކުރާ މަގާމެއްގައި ހުރެ އާންމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލަދީ އަދި އެކަން ދިފާއު ކުރުމަށް ކުރަމުންދާ މަސައްކަތް އެ ޔޫނިއަން އިން ވަނީ ކުށްވެރި ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top