ބ. ކުޑަރިކިލާއި ދޮންފަނާއި ކިހާދޫގެ ބަނދަރު މަޝްރޫއުގައި ސޮއިކުރެވޭނީ އަންނަ އަހަރު – މިނިސްޓަރު އަސްލަމް

T2n9GtusaivFBoklLGuCtry6oZ7SR6iQ6LWgsRrW.jpeg

މިނިސްޓަރ އަސްލަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ. ކުޑަރިކިލާ، ކިހާދޫ އަދި ދޮންފަނު ބަނދަރުގެ މަޝްރޫއުގައި ސޮއިކުރެވޭނީ އަންނައަހަރުކަމަށް ވިދާޅުވި / ފޮޓޯ: މަޖިލިސް ވެބްސައިޓް

ބ. ކުޑަރިކިލާއި ދޮންފަނާއި ކިހާދޫގެ ބަނދަރު ހެދުން ބަނދަރު ހެދުމުގެ މަޝްރޫޢުގެ އެގްރިމެންޓްގައި ސޮއިކުރެވޭނީ އަންނަ އަހަރުގައި ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެ ތިންރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާއިރު މަސައްކަތް ފެށޭނެ ތާރީހާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެތިން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢަކީ އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ފަންޑު (އޮފިޑް)ގެ ލޯނު އެހީގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށާއި 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޮފިޑްގެ ލޯނަކަށް ރާއްޖޭގެ އިންފްރާސްޓްރަކްޗަރގެ ބައެއް މަސައްކަތްތައް ކުރުމަށް އެދިފައިވާ ކަމަށެވެ.

އެލޯން އެޕްލިކޭޝަނަށް ހުށަހެޅި ރަށްތަކުގެ ތެރޭގައި މި ތިން ރަށް ހިމެނޭ ކަމަށާއި އެޕްލިކޭޝަނާ އެކުގައި އޮފިޑް އިން  އެމަސައްކަތަށް ބޭނުންވާ ޕްރޮޕޯސަލެއް ހަދާ އެޕްރައިޒް ކުރުމުގެ މަސައްކަތެއް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޮށްފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top