އޮކްޓޯބަރުގެ ނިޔަލަށް ގިނަ ރިސޯޓުތައް ހުޅުވަން ހިފާފައި.

under-water-restaurant-anantara-kihavah-villas-maldives-hotel-luxury-resort-island.jpg

ބ.އަތޮޅުގައި ހިންގާ އަނަންތަރާ ކިހަވަށްރިސޯޓުގެ މޫދުއަޑީގެ ރެސްޓޯރަންޓް

އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖޭގެ 94 އިންސައްތަ ރިސޯޓު ހުޅުުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހާމަކޮށްފި އެވެ.

އެމްއެމްޕީއާރުސީ އިން މި މައުލޫމާތު ދީފައިވަނީ އިނގިރޭސިވިލާތުގެ ގްލޯބްޓްރެންޑް މެގަޒިންއަށެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދު ވިދާޅުވީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން 40 އަށް ވުރެ ގިނަ ރިސޯޓުން ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އަދި މި މަސް ނިމުމުގެ ކުރިން އިތުރު 29 ރިސޯޓަކުން ހިދުމަތްދޭން ފަށާނެ ކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ރިސޯޓުތަކުން ހިދުމަތްދޭން ފަށާފައިވާއިރު އަންނަ މަހުގެ 15 ވަނަ ދުވަހު މާލެސިޓީގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top