ތުޅާދޫގައި އެއާޕޯޓު އަޅަން އަނެއްކާވެސް ބީލަމަށް

b_hQoQwcFxxZLaROLuZA9xn8KEb.jpg

ބ. ތުޅާދޫ --

ބ. ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން މިއަދު އަނެއްކާވެސް ބީލަމަށް ހުޅުވާލައިފިއެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އެންމެ ފަހުން ތިންވަނަ ފަހަރަށް ޕްލޭނިން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހު 17 ގައެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ތުޅާދޫ ހިމެނޭ ގޮތަށް ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ޝައުގުވެރިކަށް ފާޅުކޮށް ހުށަހަޅާ ހުށަހެޅުންތަކުގައި، ފައިނޭންސް ކުރާ އެއާޕޯޓަކީ ކޮބައިކަން ބަޔާން ކުރުމުގެ އިތުރުން ޝައުގުވެރިކަށް ފާޅުކުރުމުގައި، ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން އެމެރިކާ ޑޮލަރެވެ.

މީގެ އިތުރުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭ ކަމަށެވެ.

މި މޮޑެލްގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް އީ މެއިލް މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީންގެ އިއުލާނުގައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top