ފަތުރުވެރިން އުފުލަން ޚާއްސަ ސީޕްލޭނެއް ސޮނެވާއިން ގެންނަނީ

b2423d206c9ade8596c1e8cb7bc6256c-755x400.jpg

ސޮނެވާ ސީޕްލޭން

ސޮނެވާއިންް ރާއްޖޭގައި ހިންގާ ރިސޯޓަތަކަށް ފަތުރުވެރިން އުފުލުމަށް ޚާއްސަ ސީޕްލޭނެއް އަންނަ ޑިސެމްބަރ މަހު ރާއްޖެގެނެސް ދަތުރުތައް ފަށާނެކަމަށް އެކުންފުނިން ބުނެފިއެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަސެންޖަރުންނަށް ޖާގަ ތަނަވަސް ސީޓްތަކެއް ދިނުމުގެ ބޭނުމުގައި 19 މީހުންގެ ޖާގައިގެ މި ފްލައިޓްގެ އެތެރެއަށް ބަދަލުތައް ގެނެސް 10 މީހުންގެ ޖާގައިގެ ފްލައިޓަކަށް ވަނީ ބަދަލުކޮށްފައެވެ.

މި ސީޕްލޭން ބޭނުން ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސޮނޭވާ ފުއްޓާއި ނ.އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ އަށް ފަތުރުވެރިން އުފުލުމަށެވެ.

“މިއީ އަޅުގަނޑުމެންގެ ޚިދުމަތައް ލިބިގެން ދާނެ އިތުރު ފުރިހަމަ ކަމެއް. ހަމައެކަނި ސޮނޭވާގެ މެހެމާނުންނަށް ހާއްސަކޮށްގެން މި ސީޕްލޭނުން ޚިދުމަތް ދެމުން ގެންދާނީ.” ކުންފުނީގެ ސީއީއޯ ސޯނޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ސީޕްލޭންގެ ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާ ގިނަ ދުވަސްތަކެއް ވިޔަސް ނަތީޖާ ވަރަށް ރަނގަޅު ކަމުގައެވެ. އެކަން  ސީޕްލޭނުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިސީޕްލޭން މިހާރު ވަނީ ރާއްޖެ އައުމަށް ފުރާފައެވެ. ކެނެޑާ އިން ރާއްޖެ އައުމުގެ ދަތުރުގައި ސޮނޭވާގެ ސީޕްލޭން އައިސްލޭންޑާއި ޔޫރަޕާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި މަޑުކުރާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top