ޔަމަނަށް އެހީވުމަށް ރާއްޖޭގައި ކެމްޕޭނެއް ފަށައިފި

DSC_1416.jpg

ހެލްޕް ޔަމަން މޯލްޑިވްސް ކެމްޕޭން ލޯންޗް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ވަގުތު އިމޭޖަސް އަޝްހާދު އަބްދުﷲ (ޖެރީ)

ހާލުގައި ޖެހިފައިވާ މުސްލިމް ޔަމަންގެ އެތައް ހާސް ރައްޔިތުންނަށް އެހީވުމަށް “ހެލްޕް ޔަމަން މޯލްޑިވްސް” ގެ ނަމުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އޭއައިސީ)ގެ ފަރާތުން ކެމްޕޭނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ކެމްޕޭންގެ އިންޓަނޭޝަނަލް ޕާޓްނަރަކީ އީހާހާއެވެ.

ކެމްޕޭނާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު އުނިމާ ގްރޭންޑްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީހާހާގެ ދެ އިސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެބޭފުުޅުން ވަނީ މީގެ ކުރިން ބޭއްވި މިބާވަތުގެ ކެމްޕޭން ތަކުގައި ދިވެހިން ދެއްކި ރީތި ނަމޫނާއަށް ޝުކުރު ދަންނަވާފައެވެ.

ޔަމަންއަށް އެހީތެރިވުމަށް ހިންގާ ކެމްޕޭންނާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ އިންޓަނޭޝަނަލް ރިލޭޝަން ޑައިރެކްޓަރ މުހައްމަދު އަލީ ވިދާޅުވީ، އިހާހާއާ ގުޅިގެން ވަކި ފިކުރެއްގެ ވަކި ބައެއް ބެލުމެއް ނެތި ހުރިހާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު މިހާރު ހުޅުވިފައިވާކަމަށާއި، ދިވެހިންގެ އެހީތެރިކަން މިކަމުގައި ބޭނުންވާ ކަމަށެވެ.

“މިއީ ނޭޝަން ވައިޑް ކެމްޕޭނެއް. ދިވެހި ރާއްޖޭގެ އުތުރުން ފެއްޓިގެން ދިވެހި ރާއްޖޭގެ ދެކުނަށް އެންމެހާ ކައުންސިލްތަކާއި އެންމެހާ މި ކެމްޕޭންގައި ބައިވެރިވަމުންދާނެ”. މުހައްމަދު އަލީ ވިދާޅުވިއެވެ.

ސައުދީން ޔަމަނާ ދެކޮޅަށް ހަނގުރާމަ ފެށީ 2015 އަހަރުއެވެ. އެ ހަނގުރާމައިގައި މިހާތަނަށް ބަނޑުހައިހޫނު ކަމުގައި 85،000 ކުދިން ވަނީ މަރުވެފައެވެ.

ޔަމަނުގައި އިންސާނީ މުސީބާތެެއް ކުރިމަތިވެފައިވާއިރު މިހާތަނަށް ރާއްޖޭގެ އެއްވެސް ޖަމިއްޔާއަކުން އެހީވެފައިނުވެ، ސައުދީގެ ލާ އިންސާނީ ޖަރީމާތައް ކުއްވެރިކޮށްފައިނުވާތީ ވަރަށް ގިނަ ދިވެހިން ވަނީ މީސްމީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.

ޔަމަނުގެ ރައްޔިތުންނަށް އެހީވުމަށް

ބީއެމްއެލް އެކައުންޓް

7770000014818 ( ރުފިޔާ އެކައުންޓް)

7770000014817 (ޑޮލަރު)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top