ރޯދަހަދިޔާއަކަށް ކިހާދޫ ކޮންމެ ރައްޔިތަކަށް ފަސް ކާށި؟!

kihaadhoo.jpg

ރޯދަ ހަދިޔާގެ ގޮތުގައި ކިހާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކާށިތަކެއް މިއަދު ގެންދަނީ. ކޮންމެ ރައްޔިތަކަށް 5 ކާށި ދޭން ކައުންސިލުން ވަނީ ނިންމާފައި / އީވީ ފޮޓީޯ: ކިހާދޫން ޒިޔާދު

އަންނަ ރަމަޟާންމަހު ބ. ކިހާދޫގެ ކޮންމެ ރައްޔިތަކަށް ރޯދަ ހަދިޔާއެއްގެ ގޮތުން 5 ކާށި ދިނުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

ކިހާދޫ ކައުންސިލުން ބުނީ އެރަށު ރައްޔިތުންގެ ރުއްގަނޑުން ކޮންމެ ރައްޔިތަކަށް ފަސްކާށިދޭން ނިންމައި، އެކަން ރައްޔިތުންނަށް އަންގާފައިވާކަމަށެވެ. ކިހާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުﷲ ނަސީމް އީވީއަށް ވިދާޅުވީ މިއީ އެރަށު ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ކޮންމެވެސް ހަދިޔާއެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށާ، ބައެއް މީހުން މިހާރު ކާށި ގެންދަން ފަށާފައިވާކަމަށެވެ.

“އަޅުގަނޑުމެންގެ މާލިއްޔާގައި ނެތް ބޮޑެތި އަދަދުތަކުން ފައިސާދެވޭކަށް. އެހެންނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާނެ އެއްޗެއް ދެއްތޯ ކާއްޓަކީ. ރައްޔިތުންގެ ރުއްގަނޑުން ކާށި މިދެނީ. ބައެއް މީހުން ގެންދަންވެސް ގެންގޮސްފި މިހާރު” ނަސީމް ވިދާޅުވިއެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކިހާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކާށިތަކެއް މިއަދު ގެންދަނީ. ކޮންމެ ރައްޔިތަކަށް 5 ކާށި ދޭން ކައުންސިލުން ވަނީ ނިންމާފައި / އީވީ ފޮޓީޯ: ކިހާދޫން ޒިޔާދު

ނަސީމް ވިދާޅުވީ ކައުންސިލްގެ ރަސްމީ ގަޑީގައި ކޮންމެ ރައްޔިތަކުވެސް ރުއްގަނޑަށް ގޮސް އެމީހަކު ބޭނުން 5 ކާށި ކައުންސިލަށް ދެއްކުމަށްފަހު ގެންދެވޭނެކަމަށެވެ.

“އަޅުގަނޑުމެން މިދޫކޮށްލަނީ އެމީހަކު ބޭނުން 5 ކާއްޓެއް ހޮވައިގެން ގެންނަން. އެވަރިހަމަ ކިތަންމެ ބޮޑު ކާއްޓަކަސް.”

ރަމަޟާންމަހާ ދިމާކޮށް ކިހާދޫ ކައުންސިލުން އެރަށު ރައްޔިތުންނަށް “ރޯދަ ހަދިޔާ” ދިން މިއީ ފުރަތަމަ ފަހަރެވެ. ނަސީމް ވިދާޅުވީ އާބާދީގައި ހިމެނޭ 475 މީހަކަށް 5 ކާށީގެ ރޭޓުން 2375 ކާށި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top