ކޮއްޓަފަރު ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދީގެން ހާލުގައި ޖެހިފައި

brennia-kottefaru.jpg

ރ.އަތޮޅުގައި އޮންނަ ކޮއްޓަފަރުގައި ހިންގާ ބްރޭނިޔާ ކޮއްޓަފަރު ރިސޯޓް

ދިވެހި މެނޭޖުމަންޓަކުން ރ.އަތޮޅު ކޮއްޓަފަރުގައި ހިންގާ ”ބްރޭނިޔާ ކޮއްޓަފަރު ރިސޯޓު” ގެ  މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސް ތަކެއްވެ، މުވައްޒަފުން، ހާލުގައި ޖެހިފައިވާ ކަމަށް ބުނެފިއެވެ.

އެ ރިސޯޓުގެ މުވައްޒަފަކު ބުނި ގޮތުގައި މުސާރަ ނުދޭތާ 10 މަސްވެފައިވާ އިރު އެންމެ ޒަރޫރީ ކަންކަން ކޮއްލާނެ އެއްޗެއްވެސް މިހާރު ނެތެވެ.

މި މައްސަލާގައި އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު މުސްތަފާ ރަޝީދު މިއަދު ވިދާޅުވި ގޮތުގައި މުސާރަ ނުދެވިގެން އުޅޭ ވާހަކައަކީ ތެދު ވާހަކައެއް ކަމަށާ ނަމަވެސް 10 ނޫނީ 11 މަސް މުސާރަ ނުދީ ނުހުންނާނެ ކަމަަށެވެ.

“މި ރިސޯޓު ފެށިތަނާ މި ކަމެއް [ކޮވިޑް-19] ލައްވައިލީ. އެހެންވީމަ ޓޫރިސްޓުން ނުގެނެވިގެން މުސާރަތައް ލަސް ވެގެން ދިޔައީ،”ރިސޯޓުގެ އެޗްއާރު މެނޭޖަރު، މުސްތަފާ ވިދާޅުވި އެވެ.

2018 ގެ މާޗް މަހު ހުޅުވި މި ރިސޯޓު މިދިޔަ މަހުވަނީ އަލުން އޮޮޕަރޭޝަނަށް ގެނެސްފައެވެ.

އެ ރިސޯޓުގެ އެޗްއާރު މެނޭޖަރު މުސްތަފާ ވިދާޅުވި ގޮތުގައި ޑިސެމްބަރު ފަހު ކޮޅުން ފެށިގެން މުސާރަ ދޭން ފަށާނެއެވެ.

“މުސާރަ ދޭން ފަންޑު ހޯދަންވެސް މަސައްކަތް ކުރިން. އެކަމަކު އެކްސްޕެކްޓް ކުރި ގޮތަށް ފަންޑުވެސް ނުލިބިގެން ނުދެވުނީ،” މުސްތަފާ ވިދާޅުވި އެވެ.

ޓޫރިޒަމް ހީނަރުވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ މުވައްޒަފުންނަށް ނޯޕޭއާއެކު ރަށަށް ފޮނުވާލި އެވެ. ޓޫރިޒަމް އެމްޕްލޮއިމަންޓް އެސޯސިއޭޝަން (ޓީމް) އިން އަންދާޒާ ކުރާ ގޮތުގައި މިގޮތަށް ފޮނުވާލި މުވައްޒަފުންގެ އަދަދު 11،000 އަރާނެ އެވެ. ނަމަވެސް މިހާރު ޓޫރިސްޓުން އަންނަން ފެށުމާއެކު ފޮނުވާލި ގިނަ މުވައްޒަފުންނަށް އަލުން ވަޒީފާ ތަކަށް ދަނީ ނެރެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top