ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފި

unnamed.jpg

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރު 1 މަސްދުވަހަށް ދަމަހައްޓައިފި އެެވެ.

ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް-19ބަލި ރާއްޖެއިން ފެނިގެން އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެދަށުން، ރާއްޖޭގައި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިއަހަރުގެ މާޗްމަހުގެ 12ވަނަ ދުވަހެވެ.

ހެލްތު މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ޖެނުއަރީމަހުގެ 4 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށްއޮތުމުން ކަމަށާއި 12 މާޗްގައި އިއުލާންކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،143 އަށް އަރާފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދަކީ 47އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top