ހުރިހާ ދަރިވަރުންނަށް ނާސްތާ ނުދޭނެ

136321_1c5f74a9-f_.jpg

ދަރިވަރުންނަށް ނާސްތާ ދިނުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ހުރިހާ ދަރިވަރުންނަށް ނާސްތާ ނުދޭ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާސީ އާ އަހަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ހިންގާނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށް ކަމަށެވެ.

މިގޮތަށް ނިންމީ ނާސްތާ ދިނުމުގެ މަރުހަލާގައި ހިނގާ އިސްރާފު ކުރުމުގެ ކަންކަން ނިމުމަކަށް ގެނެއުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ސްކޫލް ކުދިންގެ ނާސްތާ ޕްރޮގްރާމް ފުރަތަމަ ފެށީ 2019 ވަނަ އަހަރުއެވެ.

އެހެންނަމަވެސް ހަތަރު ވަރަކަށް މަހަށްފަހު ކޮވިޑްގެ ހާލަތާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ވަނީ މެދުކަނޑާލާފައެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެން ދާނީ “ނީޑްބޭސްޑް” ޕްރޮގްރާމަކަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top