ދިވެހީންގެ މެދުގައި މަޝްހޫރު އޮންލައިން ވިޔަފާރި، “ޝެއިން” މެދުވެރިކޮށް ގެންނަ މުދަލަށް އިތުރު ޝިޕިން ފީއެއް ނަގަން ފަށައިފި އެވެ.
“ޝެއިން” އިން ގެންނަ މުދަލުގެ އަގު 200 ޑޮލަރަށް ވުރެ އިތުރުވާ ނަމަ، އިތުރު ޗާޖަކާ ނުލައި ހިލޭ ފޮނުވައިދެއެވެ. ނަމަވެސް ”ޝެއިން“ އިން މިހާރުވަނީ އިތުރަށް ޝިޕިން ފީއެއް ނަގަން ނިންމާފަ އެވެ.
އެގޮތުން އެންމެ އައިޓަމެއް ޝިޕްކުރުމަށް ވެސް މިހާރު 30 ޑޮލަރު ނަގާނެ ކަމަށާއި އިތުރަށް ގެންނަ ކޮންމެ އައިތަމަކުންވެސް ފަސް ޑޮލަރުގެ ރޭޓުން ޗާޖުކުރާނެ ކަމަށް ވެސް ”ޝެއިން“ގެ ވެބްސައިޓްގައި ބުނެއެެވެ.
”ޝެއިން“އިން މިވީހާ ތަނަށް އަމަލުކުރަމުން އައީ 200 ޑޮލަރު ހަމަނުވާ ނަމަ އައިޓަމަކަށް 24 ޑޮލަަރުގެ ރޭޓުން ޝިޕިންގ ފީ ނެގުމެވެ.
ރާއްޖެއިން ބޭރުން ކުރާ އޮންލައިން ވިޔަފާރީގައި ދިވެހީން މިހާތަނަށް “ޝެއިން” އިޚްތިޔާރުކުރަމުން އައީ 200 ޑޮލަރަށް ވުރެ ގިނައިން މުދާ ނެގުމުން ހިލޭ ޝިޕްކޮށްދޭތީއެވެ. ހަމައެހެންމެ އާއްމުގޮތެއްގައި ދިހަވަރަކަށް ދުވަހުގެ ތެރޭގައި މުދާ ލިބޭތީއާވެސް އެކުގައެވެ.