ރަށް ރަށަށް ދަތުރު ކުރާއިރު މާސްކު އަޅަން މަޖުބޫރު ކޮށްފި.

29VIRUS-MASKS4-articleLarge.jpg

ރަށް ރަށަށް ދަތުރު ކުރާއިރު ދަތުރުމަތީގައި މާސްކު އަޅަައިގެން ތިބުން މަޖުބޫރު ކޮށްފިއެެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އަނެއްކާވެސް އިތުރު ވަމުން އަންނާތީވެ، އެކަމުން ރައްކާތެރިވުމުގެގޮތުން އިތުރަށް އަޅާ ފިޔަވަޅުތައް ހާމަކުރުމަށް މިއަދު ހެލްތު އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ، މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. އެހެންވެ ރަށްރަށަށް ދަތުރުކުރާ އިރު ދަތުރު މަތީގައި މާސްކު އަޅައިގެން ތިބުން މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކު އަޅައިގެން އުޅުމަށް ސާމިޔާ އިލްތިމާސް ކުރެއްވިއެވެ.

“މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުމަށް އަޅުގަނޑުމެން ރިކަމަންޑް ކުރަން. އަދި މާސްކު ލިބުން ދަތިވާނެތީ، ފޮތި މާސްކު ބޭނުން ކުރުމަށް ރިކަމެންޑް ކުރުން،” ސާމިޔާ ވިދާޅުވިއެވެ.

ސާމިޔާ ވިދާޅުވީ ފުރަބަންދު ކަރަންޓީންގައި ގިނަ އަދަދެއްގެ މީހުން މާލެ އިން ރަށްރަށަށް ގޮސްފައިވާ ކަމަށާއި ބަލި އަދި ދެނެ ނުގަނެވި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ރައްކާ ތެރިވުމުގެ ގޮތުން ރަށްރަށުގައި ފޮތި މާސްކު ބޭނުން ކުރުމަށް ސާމިޔާ އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ވައިގެން މަގުންނާއި ކަނޑުމަގުން ދިގު ދަތުރު ކުރާއިރުވެސް މާސްކު އެޅުމަށް ވަނީ މަޖުބޫރު ކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top