ދިރާސީ އާއަހަރު މާދަމާ ފަށާނެ

DSCN0255.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު---އީވީ ފޮޓޯ

ސްކޫލްތަކުގެ ބޮޑުޗުއްޓީ އަށް ފަހު މާދަމާ ދިރާސީ އާއަހަރުގެ ކިޔެވުން ފަށަށް ތައްޔާރުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބޭނުންވާ ޓީޗަރުންނާއި ދަރިވަރުންގެ ފޮތްތަކާއި އެހެނިހެން ވަސީލަތްތައް ފުރިހަމަ ވެފައިވާ ކަމަށާއި ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެނިމިފައި ވާ ކަމަށެވެ.

މީގެ ކުރިން ދިރާސީ އާ އަހަރު ފަށާ އިރު، ރާއްޖޭގެ ގިނަ ސްކޫލްތަކަށް އެންމެ ބޮޑަށް ދިމާވާ އެއް މައްސަލަ ޓީޗަރުން ހަމަނުވުމުގެ މައްސަލަ އެވެ.

ނަމަވެސް ޓީޗަރުންގެ މުސާރަ އަށް ފާއިތުވި މެއި މަހުގެ ތެރޭގައި ގެނައި ހެޔޮ ބަދަލާ ގުޅިގެން މި ފަހަރު ޓީޗަރުން ލިބުމުގައި މާބޮޑު ދަތިކަމެއް ވެސް ނެތް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

ރާއްޖޭގެ ސްކޫލްތަކުގައި މިއަހަރު، ޖުމްލަ 8،364 ޓީޗަރުން މަސައްކަތްކުރާ އިރު، މީގެ ތެރެއިން 6،006 ޓީޗަރުންނަކީ ދިވެހި ޓީޗަރުންނެވެ. ވަގުތީ ޓީޗަރުންގެ އަދަދަކީ665 އެވެ

މާދަމާ ދިރާސީ އަހަރު ފަށާ އިރު، ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭ ގޮތަށް ޖުމްލަ 92،300 ދަރިވަރުން ސްކޫލްތަކުގައި ކިޔަވާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top