ބީއެމްއެލް ކްރެޑިޓް ކާޑުން މުއާމަލާތްކުރެވޭ އަދަދު އިތުރުކޮށްފި

About-us.jpg

ބީއެމްއެލް، ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު މިއަދުން ފެށިގެން ދުވާލަކު 750 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.

ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓްތަކަށް ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އެގޮތުން، އޭރު ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު ދުވާލަކަށް 250 ޑޮލަރަށް ދަށްކުރި އެވެ. ނަމަވެސް، އެ ލިމިޓު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ 500 ޑޮލަރަށް އިތުރުކޮށްފަ އެވެ.

އަދި އެ ލިމިޓު މަތިކުރެވިފައިވަނީ ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ގްރީން އަދި ގޯލްޑް ކްރެޑިޓް ކާޑާއި ވިސާ ކްލެސިކް އަދި ގޯލްޑް ކްރެޑިޓް ކާޑުގެ އިތުރުން މާސްޓާކާޑްގެ ސްޓޭންޑާޑް އަދި ގޯލްޑް ކާޑުގެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން އިތުރަށް ބުނި ގޮތުގައި އެ ކާޑުތައް ފިޔަވައި އެހެން ވައްތަރުގެ ކްރެޑިޓް ކާޑު ބޭނުންކުރާ މީހުންގެ ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ބަލައި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މައުލޫމާތު މި ހަފްތާގެ ތެރޭގައި ބޭންކުން އެ ކަސްޓަމަރުންނަށް އަންގާނެ ކަމަށް ބުންޏެވެ.

ބޭއެމްއެލްއިން އިތުރަށް ބުނީ މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން ބޭނުންކުރާ ޑެބިޓު ކާޑުގެ ލިމިޓަކީ މަހަކު 750 ޑޮލަރެވެ. ރާއްޖޭގައި ކުރާ މުއާމަލާތްތަކަށް ޑެބިޓު ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ.

އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް އެމެރިކާ ޑޮލަރުން ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ލިމިޓަކީ ދުވާލަކު 3000 ޑޮލަރެވެ.

ބީއެމްއެލް އިން ބުނީ މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށާއި މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top