ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދު ފަހަރުގައި ދަތުރު ނުކުރާތި: ކޯސްޓު ގާޑު

116925_3_9e9d84126847cc779ffa897f23d4e1a0230fc9fd_medium.jpg

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ / ފޮޓޯ: މިހާރު ނޫސް

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވާތީ ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ، ކުދި އަނގަމަތި އުޅަނދު ފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ކޯސްޓުގާޑުން އިލްތިމާސް ކޮށްފި އެވެ.

ކޯސްޓުގާޑުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ދަތުރު ނުރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ހުރިތޯ ރަނގަޅަށް ޗެކް ކުރުމަށް ވެސްއެދިފައިވެ އެވެ.

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް އަމަލުކުރުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެމްއެންޑީއެފުން އޮޑިވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސް ކުރެއެވެ.

ރާއްޖޭގެ މޫސުން ގޯސްވވުމުގެ ސަބަބުން އިއްޔެއިން ފެށިގެން މެޓް އޮފީހުން ވަނީ މުޅިރާއްޖެއަށް ޔެލޯއެލާޓު ނެރެފައެވެ.

އެލާޓުގައި ބުނެފައިވަނީ ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top