އޭދަފުުށީގެ އުތުރު ފަރާތުން ކިލޯމީޓަރެއް ހައި ދުރުމިނުގައި އޮންނަ ސޮނެވާފުށި ރިސޯޓުގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއި އާއި މަންދިރާ ބޭދީ ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
މޯނީ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ. ރާއްޖެ އައުމަށްފަހު އޭނާ ދަނީ ދަތުރުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
ދަތުރާބެހޭ ގޮތުން މޯނީ ބުނީ އޭނާއަށް ރާއްޖެ ވަރަށް ބޮޑަށް ކަމުދާ ކަމުގައެވެ. އަދި ރާއްޖޭގެ ރީތިކަމަށް ލޯބި ޖެހިފައިވާ ކަމަށް މޯނީ ބުނެއެވެ.
މަންދިރާ ރާއްޖެ އައީ މީގެ ތިން ދުވަސްކުރީންނެވެ.
15ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ރާއްޖެއައިސް މަންދިރާ ބުނީ ދަތުރު ކިތަންމެ ދިގު ނަމަވެސް މައްސަލައެއް ނެތް ކަމަށާއި ރާއްޖެ އާދެވުމުން ވަރަށް އުފާ ކުރާކަމަށެވެ.