ގެސްޓްހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދާނަމަ ކަރަންޓީނު ވާން ޖެހޭ.

ގެސްޓްހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި “ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި” ބުނާ ގޮތުން ގެސްޓްހައުސްތަކަކީ ފަތުރުވެރިން މެދުނުކެނޑި އަންނަ ތަނަކަށްވާތީ ކޮވިޑު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންކަމުން ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ކަރަންޓީންވާން ޖެހޭނެ ކަމަށެވެ.

އުސޫލުގައިވާ ގޮތުން އޮޕަރޭޓްކުރަމުންދާ ރިސޯޓުތަކާއި އޮޕަރޭޓްކުރަން ނުފަށާ ރިސޯޓުތަކުން ވެސް މީހުން ދިރިއުޅޭ ރަށަކަށް މީހަކު ދާނަމަ ކަރަންޓީނު ވާން ޖެހެއެވެ. އަދި އިންޑަސްޓްރިއަލް ރަށަކަށް މަސައްކަތަށްދާ މީހުންނަށް ވެސް މަސައްކަތަށް ނުކުމެވޭނީ އެ ރަށެއްގައި ކަރަންޓީނުކުރުމަށް ފަހު ޓެސްޓްކޮށް ނެގެޓިވްވުމުން ކަމަށް އުސޫލުގައި ބުންޏެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ 15ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top