”އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގު ގެއްލިގެން ނުދާނެ.“

DSCN6922.jpg

ބ.އަތޮޅު ތައުލީމީ މަރުކޒުގެ ދަރިވަރުން ކޮޅެއް.--އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކޮށްފައިވާ އާ އުސޫލުގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގު ގެއްލިގެން ނުދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަމުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަކަށް އުނިކަމެއް ނާންނާނެކަން މިނިސްޓްރީން ކަށަވަރު ކުރާނެ ކަމަށެވެ.

އެގޮތުން އެއުސޫލުގެ ސަބަބުން ޕްރިންސިޕަލުންނަށް ކުރާނެ ފައިދަތަކުގެ ތެރޭގައި ލިބިފައިވާ އިލްމާއި ތަޖުރިބާ ތަފާތު މާހައުލެއްގައި ބޭނުންކޮށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ތަފާތު އެކި ސަބަބުތަކާ ހުރެ (ދަރިވަރުންގެ އާބާދީ މަދުވުން، ސްކޫލް އިންފްރާ ސްޓްރަކްޗަރ، މުވައްޒަފުންގެ އަދަދު ފަދަ) މިހާރު މަސައްކަތްކުރާ ތަނުގައި ތަޖުރިބާ ކުރެވެން ނެތް އާ ކަންކަން ތަޖުރިބާކޮށް ނަތީޖާ ނެރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ހަމައެހެންމެ އަމިއްލަ ނަފްސުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިން މަސައްކަތްކުރި މާހައުލުން ލިބެން ނެތް އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އެގޮތަށް އުސޫލަށް ބަދަލު ގެނައުމާ ގުޅިގެން ޕްރިންސިޕަލް އެއް ސްކޫލެއްގައި ހުންނާނީ ދެ އަހަރުގެ ޓާމުގެ ގޮތުގައި ކަމަށެވެ. މިހާރު ތިބި ޕްރިންސިޕަލުންގެ މަގާމު ދެމި އޮންނާނެ ކަމަށާއި ފުރަތަމަ ހަތަރު އަހަރުގެ ޓާމް ފެށިގެންދާނީ އުސޫލާ އެއްގޮތަށް މަސައްކަތްކުރާ ސްކޫލު ކަނޑައަޅާ 4 އަހަރުގެ ޓެނިއުއާ ހަވާލުކުރާ ތާރީހުން ފެށިގެން ކަމަށެވެ.

އެގޮތުން ފުރަތަމަ ހަތަރު އަހަރު ހަމަވުމުން އެހުރި ސްކޫލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެން ސްކޫލަކަށް ބަދަލުވާން ބޭނުންވާ ކަމުގައިވާނަމަ އެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންނަމަވެސް އަށް އަހަރު ވުމުން ދެން ޖެހޭނީ އެ ސްކޫލަކުން ޕްރިންސިޕަލް ބަދަލުވާން  ކަމަށް މިނިސްޓްރީއިން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top