ކުއްލިގޮތަކަށް އަބްދުލް ބާގިރު އަހުމަދު ( ހިތާދޫ ބާގިރު ) ނިޔާ ވެއްޖެ

14798923_877794278989315_414371555_n-1.jpg

އަލްމަރްހޫމް އަބްދުލް ބާގިރު އަހްމަދު (ހިތާދޫ ބާގިރު )1958-2016

ބ. އަތޮޅަށާއި އޭދަފުށްޓަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބ.އޭދަފުށީ ” ލާބަ ” އަބްދުލްބާގިރު އަހްމަދު (ހިތާދޫ ބާގިރު ) މިއަދު 11 ޖަހާކަށް ހާއިރު ނިޔާވެއްޖެއެވެ. ބާގިރު ނިޔާވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ބ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މަރްހޫމް ބާގިރު 58އ. އަަކީ ސަރުކާރުގެ ޚިދުމަތުގައި 1979އިން ފެށިގެން 2015 އާހަމައަށް މެދު ކެނޑުމެއްނެތި ދެމިހުންނެވި ބޭފުޅެކެވެ. ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ 1979 ވަނަ އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒު (އޭރުގެ ބ. ކޮމިއުނިޓީސްކޫލް )ގެ ޓީޗަރެއްގެ މަގާމުން ފެށިގެންނެވެ. އެއަށްފަހު ސްކޫލްގެ އެސިސްޓެންޓް ހެޑްމާސްޓަރ ކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިޓީ ޓީޗަރ އެޑިއުކޭޓަރގެ މަގާމް އަދާކުރެއްވިއެވެ. މިމގާމުގައި ހުންނަވައި މަރްހޫމް ބާގިރު ތައުލީމީ ދާއިރާ ދޫކޮށްލައްވައި ބަދަލުވެވަޑައިގަތީ ބ. އަތޮޅު އޮފީހަށެވެ. އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި  އަތޮޅު އޮފީހުގެ ސެކްރެޓަރީކަމާއި ސީނިއަރސެކްރެޓަރީކަމާއި ބ. އަތޮޅު އޮފީހުގެ އަތޮޅުވެރިވެރިޔާގެއެހީތެރިޔާކަމާއި އިސްއެހީތެރިޔާކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ މަގާމް ހިމެނެއެވެ. 2015 ވަނަ އަހަރު އަމިއްލައަށް  ވަޒީފާއިން ރިޓަޔަރ ވީއިރު ހުންނެވީ ބ.އަތޮޅު ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރގެ މަގާމުގައެވެ.

މަރްހޫމް ބާގިރުގެ މައްޗަށްކުރެވޭ ކަށުނަމާދުކުރުން އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށްފަހު އޭދަފުށީ ބޮޑުމިސްކިތުގައިކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.

އެންމެންނާވެސް ވަރަށް އެކުވެރި ހިތްހެޔޮ މިޒާޖެއްގެ ބާގިރު ނިޔާވިއިރު އަނބިކަނބަލަކާއެކު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top