ކޮވިޑް-19 : ބަލީގެ ނުރައްކާ ކުޑަ ރަށްރަށަށް ލުއިތަކެއް ދެނީ .

ameen3.jpg

ހެލްތު މިނިސްޓަރު، އަބްދުﷲ އަމީން

ކޮވިޑް -19ގެ ނުރައްކާ ކުޑަ ރަށްރަށަށް ލުއިތަކެއް ދޭން މަސައްކަތް ކުރަމުން ދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ބަލި ފެތުރުން ހުއްޓުވަން މިހާރު އަޅަމުން އަންނަ ފިޔަަވަޅުތަކާ ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ބޭރުން އެއްވެސް މީހަކު ރަށަށް ނާރާތާ މަސް ދުވަސްވީ ރަށްތައް ވެސް އެބަހުރި ކަމަށެވެ. މިފަދަ ރަށްތަކަށް ލުޔެއް ދެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިކަމުގައި ލަސްތަކެއް އުޅެނީ، މި ދެ ހަފުތާއަކީ ޕޮޒިޓިވް ކޭސްތައް އިތުރުވެ ޕީކަށް އަރާނެ ކަމަށް ލަފާކުރެވިފައި އޮތް ދުވަސްވަރު ކަމަށް ވާތީ ކަމަށާ ރާއްޖޭގެ ޕްރޮޖެކްޝަންސްތަކުން ދެއްކީ ބަލި ޖެހިފައި ތިބި 6،000 މީހުންނާ އެކު ޕީކަށް އަރާނީ މި މަހުގެ 31 ގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާކުރުންތަކަކީ މި އަދަދަށް މީހުން ޕޮޒިޓިވް ނުވެ ހިނގައިދާނެ އެވެ.

އަމީން ވިދާޅުވީ ބައެއް ރަށްތަކަށް ލުއި ދިނުމުގައި މާ ލަސްތަކެއް ދެން ނުވާނެ ކަމަށެވެ. އެކަމަކު މިގޮތަށް ލުއި ދިނުމަކީ ކުރިއެކޭ އެއްގޮތަށް ރަށުގެ އާއްމު ހާލަތު ބަދަލުކުރެވޭނެ ކަމެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top