ކޮވިޑް-19 : މާޅޮހަށްވެސް މަންޑޭގެ އެހީ.

big_9T5ojb3uUdygWBmjZS4t4HqwC.png

މަންޑޭގެ ފަރާތުން ރަށަކަށް މާސްކާއި ސެނެޓައިޒާ އަދި އަންގި ހަދިޔާ ކުރަނީ..

ކޮވިޑް-19 އާގުޅިގެން ރަށްރަށަށް އެހީތެރިވުމަށް މަޝްހޫރު ވިޔަފާރިވެރިޔާ ހަސަން މަމްދޫހު (މަންޑޭ) ފައްޓަވާފައިވާ އެހީގެ ޕްރޮގްރާމްގެ ތެރެއިން ބ.މާޅޮހަށް ވެސް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިގޮތުން މީގެ ހަފްތާއެއްގެ ކުރިން މަންޑޭވަނީ ކުޑަރިކިލަށްވެސް ކޮވިޑް އިން ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ އަންގިއާއި ސެނެޓައިޒާގެ އިތުރުން ފޭސް މާސްކު ހަދިޔާ ކުރައްވާފައެވެ.

މަންޑޭގެ ކޭޕާކް ރެސިޑެންސްގެ އޮފީހާއި އޭނާގެ ހަންބޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މާޅޮހުގެ އިތުރުން 22 ރަށަކަށް ވަނީ ސެނިޓައިޒާ އާއި މާސްކް ގެ އިތުރުން އަންގި ހަދިޔާ ކޮށްފައެވެ.

މާޅޮހަށް ހަދިޔާކުރައްވާފައިވަނި 500 މާސްކާއި 100 އަންގި އާއި 48 ފުޅި ސެނިޓައިޒާއެވެ.

މިއެހީ ހަވލު ކޮށްފައިވަނީ ރޭ، މަންޑޭގެ ކޭޕާކް ރެސިޑެންސްގެ އޮފީހާއި އޭނާގެ ހަންބޯ ޕްރައިވެޓް ލިމިޓެޑް ވެސް ހިންގާ މައި އޮފީހުގައި ވަކިވަކީން ބޭއްވި ރަސްމިއްޔާތު ތަކެއްގައެވެ.

މީގެ ދެ ހަފުތާ ކުރީން މަންޑޭ ފެއްޓެވި އެހީގެ ޕްރޮގްރާމްގައި މިހާރު ރާއްޖޭގެ 30 ޕަސެންޓް ރަށްރަށް ކަވަރު ކުރެވިފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި ސެނެޓައިޒާގެ އިތުރުން ބޭނުންވާ ވަރަށް އަންގި ފޯރު ކޮށް ދެއްވާނެ ކަމަށް އޭނާ ވިދާލުވި އެވެ.

“އިތުރަށް ބޭނުންވާ ކަމަށް ކަމަށްވާންޏާ އެހީ ދެވަނަ ބުރެއް ވެސް ފަށާނަން. އަޅުގަނޑު މި ބަލަނީ އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ މި ޕްރޮގްރާމުގައި އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން،” މަންޑޭ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top