ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

Thulhaadhoo-housin-unit-100.jpg

ތުޅާދޫގައި ކުރިން އިމާރާތް ކުރި 100 ހައުސިން ޔުނިޓް

ބ ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ތުޅާދުއާއެކު 15 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދުވަނީ އިއުލާނު ކޮށްފަ އެވެ.

މި މަސައްކަތް ކުރުމަށް އެ މިނިސްޓްރީން ބޭނުންވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަން ކޮށްދޭނެ ބައެކެވެ.

މިކަމާގުޅިގެން ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މި ޔުނިޓުތައް އިމާރާތް ކޮށްދޭން ހުށަހަޅާއިރު، ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް  1،500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top