މީހުން ހައްޔަރު ކުރަން ފުލުހުން ކަރަންޓު ހަތިޔާރުގެ ބޭނުން ކުރަން ފަށަނީ !

b_pho9M1DJqmAiMnSytrlQaIz45.jpg

ފުލުހުންގެ ރަސްމިއްޔާތެއް--ފޮޓޯ : ވަން އޮންލައިން.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި ކަރަންޓު ހަތިޔާރު ނުވަތަ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން ބޭނުން ކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

މި ހަތިޔާރު އާއްމު ކޮށް ބޭނުންކޮށް އުޅެނީ އަމުރަށް ނުކިޔަމަންތެރިކަން ދައްކާ މީހުން ހައްޔަރު ކުރުމަށެވެ. މިހަތިޔާރު ބޭނުން ކުރުމުން ކުށްވެރިޔާގެ ގަޔަށް ކަރަންޓު ޝޮކެއް ލިބެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) އަކީ ފުލުހުންނާއި އަދ އާންމުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބޭނުން ކުރެވޭ ހަތިޔާރެއްކަމަށެވެ. މިއީ ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރުމުގައި އެންމެ ސްމާރޓް އަދި އެދެވޭ ގޮތް ކަމުގައިވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި  ދިވެހި ފުލުހުން އެ ހަތިހާރު ބޭނުން ކުރާނީ މިހާރުވެސް އެހެން ހަތިޔާރުތައް ފުލުހުން ބޭނުން ކުރާ އުސޫލުން، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަމަށާ ފުލުހުން އެންމެ ފުރިހަމަ އަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކަރަންޓު ހަތިޔާރު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ފުރަތަމަ ފަހަރެވެ. މީހުން ހައްޔަރު ކުރަން ފުލުހުން އާއްމު ގޮތެއްގައި ބޭނުން ކުރަނީ މުގުރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top