50 ރުފިޔާ ގެ އާ ނޫޓު ދައުރުކުރަން ފަށައިފި

big_W32eq59mJWP9tZfDaFvEEwZ6N.jpg

ފޮޓޯ: އެމްއެމްއޭ

ދިވެހި ރުފިޔާގެ ނިޝާނާއެކު ޗާޕްކޮށްފައިވާ 50 ރުފިޔާގެ އާ ނޫޓު މިއަދު ދައުރުކުރަން ފަށައިފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އެ ނޫޓް ބޭނުންކުރަން ފެށި ނަމަވެސް މިހާތަނަށް ބޭނުން ކުރަމުން އައި 50ރ. ގެ ނޫޓް ވެސް ބޭނުން ކުރާނެ ކަމަށެވެ.

އައު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. ނިޝާން ހިމަނާފައި ވަނީ ނޫޓުގެ މޫނުމަތީގެ ވާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާ އެކީ އަދި ނޫޓުގެ ފަހަތުގެ ކަނާތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާ އެކީގަ އެވެ. ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ މިހާރުގެ ގަވަނަރު އަލީ ހާޝިމެވެ. މި ނޫޓުގައިވާ ތާރީހަކީ ސެޕްޓެމްބަރު 8، 2022، ސަފަރު 12، 1444 އެވެ.

ރާއްޖޭގައި 2016 އިން ފެށިގެން ސެކިއުރިޓީ ގޮތުން ވެސް ވަރުގަދަ ޕޮލިމާ ނޫޓް ބޭނުން ކުރަމުން އަންނަ އިރު، ދިވެހި ރުފިޔާ ރަމްޒުކޮށްދޭ ނިޝާން ތައާރަފުކުރީ މި އަހަރުގެ ޖުލައި މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top