ފޮޓޯއިން ޚަބަރު: އޭދަފުށީ ހުކުރު މިސްކިތުގައި އެއާކޯން ލުމަށް ކޭބަލް ވަޅުލުން

4-1.jpg

އޭދަފުށީ ހުކުރު މިސްކިތުގައި އެއާކޯން ހަރުކުރުމަށްޓަކައި އާ ކަރަންޓެއް ލުމަށްޓަކައި ކޭބަލް ވަޅުލުމުގެ މަސައްކަތް މިއަދު ބަޔަކު ކުރަނީ / އީވީ ފޮޓޯ: ނިއުސްޓީމް

ބ. އޭދަފުށި (3 އޭޕްރީލް 2017) – ބ. އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން މިސްކިތުގައި އަންނަ ރަމަޟާންމަހަށް އެއާ ކަންޑިޝަން ހަރުކުރުމަށްޓަކައި އާ ކަރަންޓެއް ލުމަށް ކޭބަލް އަޅައިފިއެވެ. މިއަދު މެންދުރު ކުރި ކުރިޔަށްދިޔަ މިމަސައްކަތް ކޮށްފައިވަނީ އޭދަފުށީ ހުޅަނގު ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ ބަޔަކު ހިލޭ ސާބަހަށެވެ.

އޭދަފުށީ ކައުންސިލުން ނިންމާފައިވަނީ މުއީނުއްދީން މިސްކިތް ރޯދައަށް ސީލިންގް އާކުރާއިރު އެއާކޯންތައް ހަރުކުރުމަށެވެ. އަދި ހަމަޖެހޭ ވަކި އުސޫލަކުން އެއާކޮންޑިޝަން ޖެއްސުމަށާއި، އެއާކޯން އަށް ހިނގާ ކަރަންޓް ޚަރަދު އޭދަފުށީ ކައުންސިލްއިން ދޭގޮތަށްވެސް އޭދަފުށީ ކައުންސިލުން ފާސްކޮށްފައިވެއެވެ.

އީވީ ފޮޓޯތައް: ނިއުސްޓީމް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top