ފައިސާގެ ބޮޑެތި އިނާމުތަކާއެކު ރެޑްވޭވް ރޯދަ ސޭލް ފަށައިފި

big_cLEKkMw332RB5bz.jpg

"ރެޑްވޭވް " ގެ ފިހާރައެއްގައި އާއްމުންގެ ބަޔަކު ވިޔަފާރި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ “ރެޑްވޭވް ކުންފުނިން ހިންގާ ރެޑްވޭވް ފިހާރަތަކުން އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރޯދަމަހާ ދިމާކޮށް “ރެޑްވޭވްރޯދަ ސޭލް ” ފަށައިފިއެވެ. އެހެން އަހަރުތަކާ ތަފާތުކޮށް މިއަހަރުގެ ރޯދަސޭލް ރެޑް ވޭވް އިން ފަށާފައިވަނީ ފައިސާގެ ބޮޑެތި އަދަދު ތަކުގެ އިތުރުން ބޮޑެތި އިނާމުތަކާވެސް އެކުގައެވެ.

ރެޑްވޭވްގެ އިސް އޮފިޝަލަކު އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވިގޮތުގައި މި އަހަރުގެ ސޭލްގައި ފައިސާގެ އިނާމްގެ ގޮތުގައި 300،000ރ. ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެއްވަނަ އަށް ހޮވޭ މީހަކަށް 100،000ރ. އަދި ދެވަނަ އަށް ހޮވޭ މީހަކަށް 50،000ރ. އަދި ތިންވަނަ އަށް ހޮވޭ މީހަކަށް 10،000ރ. ދިނުމަށް ރެޑްވޭވުން ވަނީ ނިންމައިފަ އެވެ. އަދި އިތުރު ހަތް މީހަކަށް 5،000ރ. ދޭނެ އެވެ.

ރެޑްވޭވް ރޯދަ ސޭލްގައި، އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ދޮންނަ މެޝިނާއި އައިސް އަލަމާރީގެ އިތުރުން ބަދިގެ ސާމާނުން 10 ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

އާއްމު ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ބާވަތްތަކުން ފެށިގެން ލަގްޒަރީ ސާމާނުވެސް ފުޅާ ދާއިރާއެއްގައި ވިއްކާ ރެޑްވޭވް ކުންފުނީގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި ހަ ފިހާރައެއް ހިންގަ އެވެ. މި ފިހާރަތައް ފާހަގަކުރެވިފައިވަނީ ހެޔޮ އަގުގައި ހުރިހާ އެއްޗެއް އެއްތަނަކުން ގަންނަންލިބޭ ތަނެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top