ކެންދުއަށް އާ ޖެންސެޓެއް ފޮނުވަނީ

large_152493279116f4pO.jpg

ބ.ކެންދޫ ހިމެނޭހެން ހަތަރު ރަށަކަށް މުޅިން އާ 4 ޖެނެރޭޓަރު ފެނަކައިން ގެނެސްފި އެވެ.

ފެނަކައިން ބުނީ އެ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން، 600 ކިލޯވޯޓުގެ ތިން ޖެންސެޓާއި 400 ކިލޯވޯޓުގެ އެއް ޖެންސެޓް މިހާރު ގެނެސްފައިވާ ކަމަށެވެ.

މީގެ ތެރެއިން ދެ ޖެންސެޓު އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ދެން އިން ދެ ޖެންސެޓު މާލެ ގެނެސް މިހާރު ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ކެންދުއަށް ފޮނުވާ ޖެންސެޓު މިއަދުގެ ވަގުތެއްގައި ކްލިއަރކޮށް، ދެ ދުވަސް ތެރޭގައި އެ ރަށަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެ ރަށްރަށުގެ ކައުންސިލުތަކުން ފާހަގަކުރާ ގޮތުގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ކަރަންޓުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ނުލިބުމެވެ. ގިނައިން ކަރަންޓު ކެނޑުމާއި، ބައެއް މީޓަރުތަކުން ކަރަންޓު ބޭނުން ނުކުރެވުމުގެ އިތުރުން ފެންލީކުވުން ފަދަ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ކައުންސިލްތަކުން ބުނެއެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި މުއައްސަސާތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ކައުންސިލްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޚާއްޞަކޮށް ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށްވާއިރު، މި ދަނޑިވަޅުގައި ކަރަންޓުގެ މައްސަލަތައް ދިމާވުމަކީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ކައުންސިލްތަކުން މައުލޫމާތުދެއެވެ. ފެނަކައިން ލަފާކުރާ ގޮތުގައި އަލަށް މި ފޮނުވާ ޖަނަރޭޓަރުތަކާއެކު މި ރަށްތަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top