ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވީ މަދު ބައެއް

48053479_2678044892222044_1692756197444157440_n.jpg

“ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ގެ ކެމްޕޭން ގެ ދަށުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ރަށް ސާފުުކުރުމުގެ ހަރަކާތަށް އޭދަފުށިން ލިބުނު ފިނި ތަރުހީބާއެކު  ނިންމާލައިފިއެވެ.

އޭދަފުށީގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި ކުންފުނި ތަކުގެ މުވައްޒަފުން ފިޔަވައި އާއްމު ރައްޔިތުންގެ ހައެއްކަމީހުންވެސް ބައިވެރިނުވާ މި ޕްރޮގްރާމަށް ތަރުހީބެއް ނުލިބި ނިންމާލިއިއރު މިކަމަށް ތަރުހީބު ލިބިފައިނުވަނީ މި ފަދަ ޕްރޮގްރާމެއް ފަށާއިރު އެކަމަށް ތައްޔާރުވެފައި ނެތުމުން ކަމަށް ސަރުކާރު އޮފީހެއްގައި މަސައްކާތް ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

“މިއީ އާދއިގެ ކަމެއް ނޫން. މިރަށްވެސް އޮތީ މި ފަދަ ދުވަހަކަށް ބޭނުންވެފައި. އެހެންނަމަވެސް މިކަން ކުރިއަށްގެންދާނެ ގޮތަކާ މިކަމަށް ރައްޔިތުން އަހުލުވެރި ކުރުމުގެ ގޮތުން ރަށު ކައުންސިލުން އެއްވެސް ކަމެއް ކުރެވިފައި ނެތުމުން މި ހަރަކާތަށް ތަރުހީބު ނުލިބުނީ. ” ފެނަކައިގާ މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލްގެ މެންބަރަކު ވިދާޅުވި ގޮތުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފަސް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި 16 މީހުން ބައިވެރި ކޮށްގެން ކަމުގައެވެ.

“ޖުމްލ 80 ވަރަކަށް މީހުން ބައިވެރިވީ. އެއީ މޯލްޑިވްސް ޕޮލިސް އާއި އޭދަފުށީގެ މަގުތައް ހެދުމަށް އައިސްތިބި ބަންގާޅު މީހުންވެސް ލައިގެން .” އާއްމުންގެ ތެރެއިން މިހަރަކާތުގައި ބައިވެރިވެފައިވަނީ އެންމެ ދެމީހުން ކަމަށް އޭނާ ވިދާޅުވިއެވެ .

މިހަރަކާތް މިއަދު  ކުރިއަށް ގެންދާނެކަމަށާ ވީހާ ގިނަ ބަޔަކު ބައިވެރި ވުމަށްއެދި އިއްޔެ ހަވީރު ރަށު ކައުންސިލުން ވަނީ ތާޅަފިލި މެދުވެރިކޮށް ރަށުތެރޭގައި ގޮވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top