ޕީޕީއެމް ލީޑަރޝިޕް އިސްތިއުފާ ދޭން ޖެހޭ : އެމްޕީ ސަލީމް

medium_10928-1.jpg

ޕީޕީޕއެމް ލީޑަރޝިޕް އިސްތިއުފާދޭން ޖެހޭ ކަމަށާ އެވަގުތު ޖެހިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސަލީމު (ރެޑްވޭވް ސަލީމު) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހަށް ވެއްދުމާ ގުޅިގެން “މިހާރު” ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައެވެ

ސަލީމް ވިދާޅުވީ މަސީހާ ދެކޮޅަށް މިހާ ބޮޑު އަޣުލަބިއްޔަތެއް އިދިކޮޅު ފަރާތްތަކަށް ލިބުމަކީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ.

“މިއީ އެކަށީގެންވާ ގޮތެއްގައި ޕީޖީ ގުރޫޕް ނުބެލެހެއްޓުމުގެ ނަތީޖާ،” ސަލީމް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދި އިރު ޕީޕީއެމްގެ ނުވަ މެމްބަރަކު ސޮއި ކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top