އޭދަފުށީ ޓީމާމެދު ޖެހިލުމެއް ނުވޭ. ހެޑޭކެއްނެތް – މިލަންދޫ ޓީމް

milandhoo-fc.png

ށ. މިލަންދޫ ފުޓްބޯޅަ ޓީމް ޒޯން ޗެންޕިއަން ޝީލްޑް އުފުލާލަނީ. ޗެންޕިއަން އޭދަފުއްޓާމެދު ހާސްކަމެއް ނެތްކަމަށް އެޓީމުން ބުނޭ / ފޮޓޯ: ކޭއޯ

ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ފަށާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ކުޅެންޖެހޭ ގުރޫޕްގައި ޖެހިލުންވާ ވަރުގެ ޓީމެއް ނެތް ކަމަށް މިލަންދޫ އެފްސީ ބުނެފި އެވެ.

ކުޅުދުއްފުށީގައި ކުޅޭ ގުރޫޕްގައި ހިމެނެނީ ށ. މިލަންދޫގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން ވަރުގަދަ އޭދަފުއްޓާއި ކުޅުދުއްފުށި އަދި އއ. މާޅޮހެވެ.

މުބާރާތުގެ ކުރިން ކުޅުދުއްފުށީ އޮންލައިންއަށް ދިން އިންޓަވިއުއެއްގައި މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިލަންދޫ ޓީމްގެ ޕްރެކްޓިސްތައް ކުރިއަށްދަނީ ވަރަށް ހަމަޖެހިލައިގެން ކަމަށާއި ޗެންޕިއަން އޭދަފުއްޓާމެދުވެސް އެއްވެސް ހެޑޭކެއް ނެތްކަމަށެވެ.

“ޖެހިލުންވާ ވަރުގެ ޓީމެއް ނެތް. ކުޅުދުއްފުއްޓަކީ ވެސް އަޅުގަނޑުމެން މީގެ ކުރިން ބަލިކޮށްފަ އޮތް ޓީމެއް. އޭދަފުއްޓާ ދޭތެރޭވެސް އެއްވެސް ހެޑޭކެއް ނެތް” ޝިޔާމް ވިދާޅުވިކަމަށް ކޭއޯގައި ލިޔެފައިވެއެވެ.

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގައި ޗެންޕިއަން އޭދަފުއްޓާ މިލަންދޫ ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ 10 ވަނަދުވަހު ކުޅުދުއްފުށީގައެވެ. އޭގެކުރިން ކުޅުދުއްފުއްޓާ ދެކޮޅަށް 6 ވަނަދުވަހު ކުޅުދުއްފުށި ނުކުންނާނެއެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު އޭދަފުށި ވާދަކުރާނީ މާޅޮހާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top