ބެންކޮކްގެ ބަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނެޕީ ޖަހައިގެން ވަޒީފާއަށް

minivan-ayutthaya.jpg

ފާހާނާއަށް ދާނެ ވަގުތެއް ނުލިބޭތީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ބަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނެޕީ ޖަހައިގެން ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ.

ނެޕީ ޖަހައިގެން ބަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނިކުތީ ވަޒީފާގައި ތިބޭއިރު އެމީހުންނަށް ފާހާނާއަށް ދާނެ ވަގުތެއް ނުވާތީ އެވެ. ފާހާނާއަށް ދާނެ ވަގުތެއް ނުލިބޭއިރު އެހެނިހެން ބޭނުންތަށް ފުއްދުމަށް ވެސް އެމީހުންނަކަށް ވަގުތެއް ނުލިބެ އެވެ.

ނެޕީ ޖަހައިގެން މަސައްކަތަށް ނިކުންނަށް މުވަޒަފެއް ކަމަށްވާ ވަޗަރީ ވިރިޔާ ބުނީ ނެޕީ ޖަހައިގެން ވަޒީފާއަށް ނިކުތުމުގެ ސަބަބުން އޭނާއަށް ޔުޓެރިން ކެންސަރު ޖެހިފައިވާ ކަމަށާއި އަދި ދާދިފަހުން އެކަމާ ގުޅިގެން ސާޖަރީއެއް ވެސް ހަދަން ޖެހުނު ކަމަށެވެ.

“މިއީ އެހާ ފަސޭހަ ކަމެއް ނޫން ކުރާކަށް. ދުވާލަކު ދެފަހަރު ނެޕީ ބަދަލުކުރަން އެބަޖެހޭ” ވަޗަރީ ބުންޏެވެ.

ދާދިފަހުން ހެދި ދިރާސާއަކުން ވަނީ ބަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 28 އިންސައްތަ މީހުންނަކީ 16 ގަޑިއިރުގެ ޑިއުޓީ ނިންމާލާއިރު ވެސް އެންމެ ނެޕީއެއް ބޭނުންކުރާ މީހުންކަމަށް ދައްކާފަ އެވެ. މީގެ ސަަބަބުން އެމީހުންނަށް ތަފާތު އެކި ބަލިތަށް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ވެސް އެ ދިރާސާއިން ދައްކަ އެވެ.

ފާހާނާއަށް ދާނެ ވަގުތެއް ނުލިބޭތީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގެ ބަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނެޕީ ޖަހައިގެން ވަޒީފާއަށް ނިކުންނަން ފެށުމުން އެގައުމުގެ ސަރުކާރުން ދަނީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބަސްތަކުގައި ފާހާނާތަށް ގާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ.

އަދި ވަރަށް އަވަހަށް މި ނިޒާމު ބަސްތަކުގައި ގާއިމުވެގެންދާނެ ކަމަށް ވެސް ރިޕޯޓުތަށް ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top