އާއިލީ ޑޮކްޓަރުންގެ ހިދްމަތަށް ރަޖިސްޓްރީ ކުރުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފި

ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ ފަސްޓްއެއިޑް ޕްރޮޤްރާމްގެ ތެރެއިން. އާއިލީ ޑޮކްޓަރު ހިދްމަތަށް ރަޖިސްޓްރީ ކުރުމަށް އަނެއްކާވެސް ވަނީ ހުޅުވާލާފައި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ބ. އަތޮޅު ހޮސްޕިޓަލުން ކުރިޔަށްގެންދިޔަ ފަސްޓްއެއިޑް ޕްރޮޤްރާމްގެ ތެރެއިން. އާއިލީ ޑޮކްޓަރު ހިދްމަތަށް ރަޖިސްޓްރީ ކުރުމަށް އަނެއްކާވެސް ވަނީ ހުޅުވާލާފައި / ފޮޓޯ: އަތޮޅު ހޮސްޕިޓަލް ފޭސްބުކް ޕޭޖް

ވަށާޖެހޭ ސިއްހީ ހިދްމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް މިސަރުކާރުން ތައާރަފް ކޮށްފައިވާ އާއިލީ ޑޮކްޓަރުގެ ހިދްމަތަށް ރަޖިސްޓްރީ ކުރުމަށް ބ. އަތޮޅުގެ ރައްޔިތުންނަށް ބ. އަތޮޅު ހޮސްޕިޓަލުން އިލްތިމާސްކޮށްފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން މިކަމަށް އިލްތިމާސްމިކުރީ މީގެކުރިން މިހިދްމަތަށް ހުޅުވާލިއިރު ރައްޔިތުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް އޭރު ނުލިބިވަނިކޮށެވެ. “ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް” ހަމަޖެއްސުމަށް ރައީސް ޔާމީން ރިޔާސީ ކެންޕޭންގައި ވެފައިވާ ވައުދާ ގުޅިގެން ކުރިޔަށްގެންދާ މިޕްރޮޤްރާމްގައި ރަޖިސްޓްރީ ވުމަށް ފޯމް ފުރުމަށްފަހު ބ. އަތޮޅު ހޮސްޕިޓަލަށް ހުށައެޅުމަށް އެހޮސްޕިޓަލުން މިދިޔަ ހަފްތާނެރުނު އިޢްލާންގައި ވަރަށްބޮޑަށް އެދިފައިވެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ސަރުކާރުން ފޯރުކޮށްދޭ އާސަންދަ އިންޝުއަރެންސް ނިޒާމްގެ ކަންކަން އެންމެ ފަސޭހައިން ހަމަޖެއްސުމަށްޓަކައިވެސް އާއިލީ ޑޮކްޓަރު ޕްރޮޤްރާމްގައި ރަޖިސްޓްރީ ވުން ވަރަށް މުހިއްމުކަމަށެވެ.

ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް މިޕްރޮޤްރާމްގެ ދަށުން އާންމު ރައްޔިތުންނަށް ހިދްމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ އެއާއިލާއަކަށް ކަނޑައަޅާ ޑޮކްޓަރެއްގެ ގޮތުގައި މެޑިކަލް އޮފިސަރަކާ، ނަރުހުން އަދި ހެލްތް ވޯކަރުންގެ ޓީމަކުންކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top