ރާއްޖެއަށް ލިބެން އޮތް އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާއި ދެކޮޅު: އަލީ ހުސެއިން

240221_3_996f03b45e2ea591b85076049c69673ccb561938_large.jpg

ކެންދޫ ދާއިރާގެ މެންބަރު، އަލީ ހުސެން

ރާއްޖޭގެ އިގުތިސާދީ ސަރަޙައްދުން ނުވަތަ ރާއްޖެއަށް ލިބެން އޮތް ސަަރަޙައްދަކުން އެންމެ އަކަފޫޓެއްވެސް ދޫކޮށްލުމާ ދެކޮޅު ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ރާއްޖެއިން ހާމަކުރުމާ ގުޅިގެންނެވެ.

އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ފުރަތަމަވެސް އޮތީ ގޯސްކޮށް ކަމަށެވެ. އަދި ސިޔާސަތު ބަދަލުވެގެން މިދިޔައީ އެއަށްވުރެ އަދި މާ ނުބައިމަގަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުއާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއެވެ.

އިއްޔެ ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އދ އަށް ހުށަހަޅާފައިވާ މައްސަލާގައި އެގައުމާއި އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top