ބ.އަތޮޅަށް ދަތުރު ކުރަމުން އައި ދޯންޏެެއް ކާށިދޫ ކަނޑުގައި ދިޔަވަނީ

136838_3_888f5cd528c7c18b66500f32e117e0eb6b7b8e16_medium.jpg

ކޯސްޓްގާޑްގެ ބޯޓެއް. ފޮޓޯ :އެމްއެންޑީއެފް

ހިލަ ބަރުކޮށްގެން ބ.އަތޮޅަށް ދަތުރު ކުރަމުން އައި ވީނަސް ނަމަކަށް ކިޔާ ދޯންޏެއް ކާށިދު ކަނޑުގައި ދިޔަވަމުން ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހަތަރު މީހުންނާއެކު ކާށިދޫ ކަނޑުން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ދިޔަވެ، އަރިއަޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިކަމަށާ މިރޭ 7:45 ހާއިރު އެ ހާދިސާ ރިޕޯޓު ކުރުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ދޯނި ދަތުރު ކުރީ މާލެއިން ފުރައިގެން ބ. އަތޮޅަށް ކަމަށާއި މިހާރު އޮތީ ގާފަރުގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ދޯނީގައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން ކާށިދޫގައި އޮތް ސީ އެމްބިއުލަންސްއަކާއި ކޯސްޓްގާޑު ލޯންޗް، ފާސްޓާ އިންޓަސެޕްޓާ ކްރާފްޓް ވެސް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top