ބީކޭ އަންޑަރ21 ފުޓްސަލް ކަޕް : ބޮޑު ތަފާތަކުން ފުރަތަމަ މެޗު ހުސް ސޮނގުން ކާމިޔާބު ކުރިއިރު ބްލެކް ހޮކްސް މުބާރާތުން ކަޓައިފި

2.jpg

އޭދަފުށީގައި މިހާރު ކުޅެވެމުންދާ ބީކޭ އަންޑަރ 21 ފުޓްސަލް ކަޕް 2018 ގައި ރޭ ކުޅެވުނު ފުރަތަމަ މެޗު ، ބޮޑު ތަފާތަކުން ހުސް ސޮނގުން ކާމިޔާބުކޮށްފިއެވެ. ބްލެކް ހޮކްސް އާއި ވާދަކޮށްގެން މި މެޗް ހުސްސޮނގުން ކާމިޔާބުކުރީ 19-0 ން ނެވެ. މިނަތީޖާ އާއެކު ހުސް ސޮނގުން ޓީމުން ލަނޑު ތައް ޖަހާފައިވަނީ އަލީ ނަސީމް 4 ގޯލް ، އަހުމަދު އަފްނާން 3 ގޯލް ، މުހައްމަދު މާއިޝް 1ގޯލް ، އިބްރާހިމް ނާއިޝް1 ގޯލް ، މުހައްމަދު ހައްމާދު 2 ގޯލް ،ޝުއައިބު އަލީ 1 ގޯލް ، ނަޝާހް އަހްމަދު 3 ގޯލް އަދި އަހުމަދު ޒިފާން އިބްރާހީމް 4 ގޯލެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ހުސް ސޮނގުން ޓީމްގެ ޖާޒީ ނަންބަރު 7 އަލީ ނަސީމް އަށެވެ.

މި ނަތީޖާއާއެކު މިމެޗުން ބްލެކް ހޮކްސް ބަލިވުމާއެކު ޖުމްލަ 2 މެޗުން ބަލިވުމުގެ ސަބަބުން ބްލެކް ހޮކްސް މުބާރާތުން ވަކިވާން ޖެހުނީއެވެ.

ދެވަނަ މެޝުގައި ބައްދަލު ކުރީ އިރުމަތީ ލަވަރސް އާއި ޓީމް 17 އެވެ. ފުރަތަމަ ހާފްގައި 2-1 ގެ ނަތީޖާ އިން ޓީމް17 ލީޑްގައި އޮތް ނަމަވެސް މެޗު ނިމުނު އިރު 8-2 ގެ ނަތީޖާ އިން މެޗް ކާމިޔާބު ކުރީ އިރުމަތީ ލަވަރސް އެވެ. އިރުމަތީ ލަވަރސް އަށް ގޯލް ޖަހައިދިން ކުޅުންތެރިންނަކީ އަހުމަދު އައިހަމް 4 ގޯލް، ހައިޝާމް ހަސަން 2 ގޯލް ، އަހުމަދު އިއްފާން 1ގޯލް ، ނިޝާމް މުހައްމަދު ރަޝީދު 1 ގޯލެވެ. އައިހަމް ވަނީ މި މުބާރާތުގައި ކުޅުނު ދެ މެޗުގައި މިހާތަނަށް 8 ގޯލް ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އިރުމަތީ ލަވަރސްގެ އަހްމަދު އައިހަމް އެވެ.

ޓީމް 17 އަށް ލަނޑު ޖަހައިދިނީ އަބްދުﷲ ޝަހީމާއި އިސްމާއީލް ނަސީރު އެވެ.

މި މުބާރާތުގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑައުން ޓައުން އެފްސީއާއި ހުސް ސޮނގުން އެވެ. ދެވަނަ މެޗުގައި ކިންގްސްޕޯޓްސް އާއި ދެކޮޅަށް ނުކުންނާނީ ޓީމް 17 އެވެ.

މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:30 ގައި އޭދަފުށީ ރަސްމީ ފުޓްސަލް ދަނޑުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top