ޝާދިން ބަލިކޮށް ޝާއްމާހު މުބާރާތް ކާމިޔާބު ކޮށްފި

ss-1024x682.jpg

ވެސްޓް ވިންގްސް އޭދަފުށީ ޕީއެސް 4 (ވޯލްޑްކަޕް އެޑިޝަން) ކުރިއަށްދަނީ

ވޭތުވެދިޔަ ދެ އަހަރުގެ ޗެމްޕިއަން އަލީ ޝާދިން ޝަކީލް ބަލިކޮށް، ހުސައިން ޝައްމާހު ވެސްޓް ވިންގްސް އޭދަފުށީ ޕީއެސް 4(ވޯލްޑްކަޕް އެޑިޝަން) ކާމިޔާބުކޮށްފި އެވެ.

މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލްގެ ފަރާތުން ކުރިން އޭދަފުށީގައި ބޭއްވި ޕީއެސް 4 މުބާރާތް ވެސް ކާމިޔާބު ކުރި ޝާދިން އާ ވާދަކޮށް ޝައްމާހު މި މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި މިއަދު ޝާދިން އާ ވާދަކޮށް 3-2 އިންނެވެ.

މިއަހަރުގެ މުބާރާތުގައި 32 ޓީމުން ވާދަކުރި އިރު މިމުބާރާތް މިފަހަރު ހާއްސަ ކޮށްފައިވަނީ މިޜޭ ފަށާ ވޯލްޑްކަޕްގައި ކުޅޭ ޓީމުތަކަށެވެ. އެގޮތުން މިއަދު ފައިނަލުގައި ކުޅުނު ދެ ކުޅުންތެރިން ވެސް ފައިނަލަށް ދިޔައީ ބްރެޒިލް ނަގައިގެންނެވެ.

އަންނަ އަހަރުގެ މުބާރާތާ ބެޙޭ ގޮތުން ވާހަކަ ދައްކަވަމުން ވެސްޓް ވިންގްސްގެ ސްޕޯކްސް ޕާސަން މުހައްމަދު ޝަރީފް ވިދާޅުވީ އިރާދަކުރެއްވިއްޔާ އަންނަ އަހަރުވެސް މި މުބާރާތް މިއަށްވުރެ ފުރިހަމަކޮށް ބާއްވާނެ ކަމަށާއި މިއީ އެގޮތުން ބޭއްވި ތިންވަނަ މުބާރާތް ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ ވެސްޓް ވިންގްސް ޖަމިއްޔާއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މި މުބާރާތް ބޭއްވުމަށް ނިންމީ ޚާއްސަކޮށް ރޯދަ މަހު އޭދަފުށީގައި ވީޑިއޯ ގޭމަށް ފޯރި ހުންނަ ޒުވާން ކުދިން ގިނަ ކަމާއެކު އެކުވެރިކަމާ ވާދަވެރި މާހައުލެއްގައި ރަނގަޅު އިނާމަކާ އެކީގައި މި މުބާރާތް ބޭއްވުމުން އެ ޒުވާނުންނަށް ވެސް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމުގައެވެ.

ކުރިންވެސް އިއުލާން ކޮށްފައިވާ ގޮތުގެ މަތީން މުބާރާތުގެ ޗެމްޕިއަން ޝައްމާހު އަށް އިނާމެއްގެ ގޮތުން ވެސްޓް ވިންގްސް އިން ވަނީ ޕްލޭސްޓޭޝަން – 4 ދީފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top