ރޯދަ އުމްރާއަށްދާ މީހުންގެ ޑެބިޓްކާޑު ލިމިޓަށް 1،500 ޑޮލަރު

ZYQ68bTMsrQPD140yCXgLNnKWvz4mkkdNW8ghQpc-scaled.jpg

އަންނަ ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.

ރައީސް ޑރ.މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހު އުމްރާއަށްދާ މީހުންނަށް އިތުރު 1،500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވަން ބޭންކު އޮފް މޯލްޑިވްސް އާއި މަރުކަޒީ ބޭންކު އެމްއެމްއޭއަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. އެ ބަދަލު ގެންނަވަން ނިންމެވީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާ މީހުންނަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ހައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

“ކޮންމެ އުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސްއަށް އަދި އެމްއެމްއޭ އަށް ދަންނަވައިފިން،” ރައީސް މުޢިއްޒު އެކްސްގައި ވިދާޅުވެފައި ވެއެވެ.

ރައީސް މިފަދަ އެންގެވުމެއް އެންގެވިއިރު އަލަށް އެކުލަވާލި ބޭރުފައިސާގެ ގާނޫނުގެ ދަށުން ގިނަ ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު ވަނީ މާރު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top