އޭދަފުށީގެ ބޮޑެތިމަގުތައް ތާރުއަޅައިގެން ހެދުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވައިފި

DSCN0623.jpg

30ސެޕްޓެމްބަރ2016 އޭދަފުށީގެ މަގުހެދުން އިފްތިތާހްކޮށްދެއްވުން. ފޮޓޯ : އީވީ

އޭދަފުށީގެ 15 މަގު ތާރު އަޅައިގެން ހެދުމުގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވައިފިއެވެ. މި މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އެވެ. އިއްޔެ ވަރަށް ހަވީރުވެފައިވަނިކޮށް އިފްތިތާހް ކޮށްދެއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ރަށުގެ ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވިއެވެ.

ޖުމްލަ 33 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު މަމްދޫހު ވިދާޅުވި ގޮތުގައި 3.36 ކިލޯމީޓަރުގެ މަގު އޭދަފުށީގައި ހަދާއިރު މި މަސައްކަތުގައި ފުރަތަމަ އޮންނާނީ މަގުތަކުގެ އަރިމަތީ ކާނުތައް ހެދުމާއި ކޭބަލްތައް ވަޅުލުން ފަދަ ބުރަ މަސައްކަތްތައް ކަމަށެވެ. މަގުތަކުގައި ތާރު އަޅާނީ އެއަށްފަހު އެވެ. އޭނާ ވިދާޅުވީ މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފަ އެވެ..

އޭދަފުށީގެ 15 މަގު ތާރު އަޅައިގެން ހެދުމަށް އެމްއާރްޑީސީއާއި ހައުސިން މިނިސްޓްރީއާދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2015ވަނަ އަހަރުގެ ޖޫންމަހުއެވެ. އެ އެއްބަސްވުމުގައި ވާގޮތުން މަސައްކަތް ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

މަމްދޫހު ވިދާޅުވީ މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދާނަމަ، އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ކުރިން މަޝްރޫއު ނިންމުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top