ހަތިމެއް ކޮށްގެން އުމްރާ ދަތުރެއް ހޯދަމާ!

img_md_202203301045041648662304.5577.jpeg

އަންނަ ރަމަޟާން މަހަށް ޚާއްސަކޮށްގެން ”ދަ ޕްރެސް“ގެ ފަރާތުން ކީރިތި ޤުރުއާން ޚަތިމްކޮށްގެން އުމުރާ ދަތުރެއް ލިބޭ ޕްރޮގްރާމެއް ފަށައިިފިއެވެ.

އެނޫހުން މައުލޫމާތު ހާމަކުރި ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ވަކި އުމުރެއް ވަކި ޖިންސެއް ހާއްސަ ކުރެވިފައެއް ނުވެއެވެ. ކޮންމެ ދިވެއްސަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ހަމައެކަނި ޝަރުތެއްގެ ގޮތުގައި އެ ނޫހުން ފާހަގަކޮށްފައިވާ ގޮތުގައި ރޯދަމަހުގެ ކޮންމެ ދުވަހަކުވެސް މަދުވެގެން ހަތިމުން 1 ފޮތް ކިޔަވާ، ކިޔެވި ފޮތުގެ ތަފްސީލު (ފެށި ހިސާބާއި ނިންމި ހިސާބު) އެނގޭނެހެން މި ފޯމް ފުރުމަށް ފަހު “ދަ ޕްރެސް” އަށް ފޮނުވަން ޖެހޭނެއެވެ. އަދި ހަތިމް ކުރުމުގެ ޕްރޮގްރާމުގެ ބައިވެރިން ރޯދަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 30 ފޮތް ކިޔަވާ ނިންމަން ޖެހޭނެއެވެ.

މީގެ އިތުރުން ހަތިމް ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ނަމަ ޤުރުއާން ކިޔަވާ ރެކޯޑްކޮށް އޯޑިއޯ ނުވަތަ ވީޑިއޯ ފައިލް ފޮނުވޭނެއެވެ. އެގޮތަށް ފޮނުވާ ފައިލްތައް “ދަ ޕްރެސް” ގެ އެކި ޕްލެޓް ފޯމުތަކުގައި ކްރޮޕް ކޮށްގެން ބޭނުން ކުރެވޭނެއެވެ. އަދި ޕްރޮގޮރާމާ ގުޅޭ ހަބަރާއި މައުލޫމާތު “ދަ ޕްރެސް” ގެ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުން ދާނެއެވެ.

ދަ ޕްރެސްގެ ބައެއް ޕްލެޓްފޯމް ތައް:

މި ޕްރޮގްރާމުގައި ބައިވެރިވެ، އުމްރާ ދަތުރު ލިބޭ ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފާ ވަނީ، ހަތިމް ކުރި މީހުން ހިމަނައިގެން، ރޯދަމަސް ނިމުމަށް ފަހު ބާއްވާ ހަފްލާއެއްގައެވެ. އެ ހަފްލާ ކުރިޔަށް ގެންދާނެ ގޮތް ރޯދަމަސް ނިމުމުން ހާމަ ކުރާނެ ކަމަށް “ދަ ޕްރެސް” ގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ.

“ދަ ޕްރެސް” ގެ މެނޭޖްމަންޓުން ބުނާ ގޮތުގައި ރޯދަ މަހަށް ހާއްސަކޮށް ހަތިމް ކުރުމުގެ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ، ރޯދަމަހަކީ އަޅުކަމުގެ މައްސަރަކަށް ވެފައި ގިނަ ބަޔަކު ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރާތީއާއެކު އިތުރު ހިތްވަރެއް ދިނުމެވެ. އަދި އުމްރާއަށް ދާނެ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށް ވެސް މިފަދަ ފުރުސަތެއްގައި ހަތިމެއް ކޮށްލައިގެން އުމްރާ ދަތުރެއް ލިބުމުގެ މަގު ފަހިކޮށްދިނުން ކަމަށްވެސް ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top