ރެޑްވޭވް ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި. އެއްލައްކަ ރުފިޔާ ލިބުނީ ސޮއްފަތަށް.

l_159298825433PJF8.jpg

"ރެޑްވޭވް ރޯދަސޭލް" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވުން

ނަގުދު ފައިސާ އާއި އަގުބޮޑެތި އިނާމު ތަކާއެކު ކުރިއަށް ގެންދިޔަ މިއަހަރުގެ ރެޑްވޭވް ސޭލްގެ ނަސީބުވެރިން ހޮވައިފިއެވެ. ނަސީބުވެރިންގެ ތެރއިން އެއްލައްކަ ރުފިޔާ ލިބިނު ނަސީބުވެރިއަކީ ސޮއްފަތުއެވެ. އޭނާގެ ކޫޕަން ނަންބަރަކީ 97451އެވެ.

މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލްގައެވެ.

ރެޑްވޭވްއިން ބުނީ، ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރެޑްވޭވް ރޯދަސޭލް ، އެ ކުންފުނީގެ 11 ފިހާރައެއްގައި ކުރިއަށް ގެންދިޔައިރު، އެތައް ހާސް ބަޔަކު މި ސޭލްގައި ބައިވެރިވެފައިވާ ކަމަށެވެ.

މިސޭލްއަކީ އެ ކުންފުނީގެ ކޮންމެ ފިހާރައަކުންވެސް ކުރާ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ ސޭލް އެކެވެ.

ސޭލްގައި ބައިވެރިވި ކަސްޓަމަރުންގެ ތެރެއިން، ރެޑްވޭވްގެ ބްރޭންޑްތަކުން 10 އިނާމް ހައްގުވާ 10 ފަރާތެއްވެސް މިއަދު ވަނީ ހޮވާފަ އެވެ.

މީގެ އިތުރުން، 75 އިންޗި ޓީވީއެއް ލިބޭ ނަސީބުވެރި އެއް ފަރާތަކާއި 55 އިންޗި ޓީވީ ލިބޭ ފަސް ފަރާތެއް އަދި 49 އިންޗި ލިބޭ 10 ފަރާތެއްވެސް ވަނީ ހޮވާފަ އެވެ.

ރެޑްވޭވްއިން ބުނީ މިއަހަރުގެ ރެޑްވޭވް ރޯދަސޭލް ވެގެންދިޔައީ ވަރަށް ކާމިޔާބު އަދި ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޕްރޮމޯޝަނަކަށް ކަމަށެވެ.

ކުރިއަށްއޮތް ތަނުގައިވެސް ރެޑްވޭވްގެ ޕްރޮމޯޝަންތަކާއި ސޭލްތައް ވެގެންދާނީ ކަސްޓަމަރުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ހެޔޮ އަގުގައި ލިބުމުގެ އިތުރުން މިއަށްވުރެ ގިނަ އިނާމް ތަކެއް ލިބިގެންދާނެ ސޭލްތަކެއް ކަމަށް ރެޑްވޭވުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top