އޭދަފުށީގެ މަގުތައް ހެދުން: މިއަދު ހައިމާކްގެ ދަތްގަނޑު ޖައްސާލާނެ.

20160930_103136.jpg

އޭދަފުށީގެ ބޮޑﷲެތި މަގުތައް ރަނގަޅު ފެންވަރަކަސް ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ،ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް . ފޮޓޯ :އީވީ

އޭދަފުށީގެ ބޮޑެތިމަގުތައް ތާރު އަޅައިގެންރަނގަޅު ފެންވަރަކަށް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިއަދުގެ ވަގުތެއްގައި ހައިމާކްގެ ދަތްގަނޑު ޖައްސާލާނެކަމުގައި އޭދަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ )ގެ ފަރާތުން މިމަސައްކަތް ކުރިއަށް ގެންދާއިރު ރަށު ކައުންސިލްގެ ތެރެއިން މި ޓީމްއާއެކު ހަމައެކަނިފެންނަ މޫނަކީ ރިޒާއެވެ.

އޭނާ ވިދާޅުވީ ސާވޭ ކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާކަމަށާއި މިއަދު  އޭދަފުށީގައި ހަދާ ފުރަތަމަ މަގުގެ މަސައްކަތް ފަށާނެކަމުގައެވެ. އެގޮތުން ފުރަތަމަ ކުރިއަށް ގެންދާނީ ދެފަރާތުގެ ކާނުތަކާއި ޕޭމަންޓްގެ މަސައްކަތެވެ.

އޭދަފުށީގައި މިމަސައްކަތް ކުރުމަށް ހަވާލުވެފައިވާ އެމް އާރްޑީސީގެ ސާވެއަރ ސައްދާމްވެސް މިކަން ޔަގީން ކޮށްދެއްވަމުން ވިދާޅުވީ މަސައްކަތް ފެށުމުގެ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާކަމަށާއި  މިއަދުގެ ވަގުތެއްގައި މި ޕްރޮޖެކްގެ އަމަލީ ބައި ކުރިއަށް ގެންދިއުމަށް ރެޑީ ވެފައިވާ ކަމުގައެވެ.

އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ތައްޔާރުވެފައިވާއިރު މިމަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީއާއި އެމްއާާރްޑީސއާދެމެދު އެއްބަސްވެ ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ ޖޫންމަހު އެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންގޮތަށް އެއްބަސްވެފައިވީނަމަވެސް މި މަސައްކަތް މި ފެށެނީ އަދި ކިރިޔާ އެވެ.

ރިޒާ ވިދާޅުވީ  ބޮޑުކަމެއް ދިމާނުވާނަމަ މި މަސައްކަތް މެދުނުކެނޑި ކުރިއަށް ދާނެކަމަށާ މަސައްކަތް ފަށާނީ ރަށުގެ އުތުރުފަރާތު ގެ ޔޫތު ސެންޓަރު ކައިރިން ނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top