ޓެކާސް ކަޕް: މުބާރާތުން އޭދަފުށި ކަޓައިފި

274655360_998238317734804_1011946843524852716_n.jpg

ފޮޓޯ :ޒިންޓޭ

ޓެކާސް މޯލްޑިވްސް ކަޕްގެ ޒޯން 2 ގެ ބްލޮކް 1 ގެ ފައިނަލުން އޭދަފުށި ބަލިވެ މުބާރާތުން ވަކިވާން ޖެހިއްޖެ އެވެ. ފައިނަލުގައި މިއަދު ހަވީރު އޭދަފުށި ވާދަކުރީ ދުވާފަރާއެވެ. މި މެޗް ދުވާފަރުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާ އަކުންނެވެ.

އޭދަފުށި ބްލޮކް1ގެ ފައިނަލަށް ދިޔައީ ރޭ ދަރަވަންދޫ ބަލިކޮށް ބ. އަތޮޅުގެ ޗެމްޕިއަން ގެ ގޮތުގަ އެވެ. ދުވާފަރު ފައިނަލަށް ދަތުރުކުރީ އެއްވެސް ޓީމަކާ ވާދަނުކޮށް އެ އަތޮޅުން ބައިވެރިވެފައިވަނީ ހަމައެކަނި ދުވާފަރު ކަމަށް ވާތީ އެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވާފައިވަނީ ދުވާފަރުގެ އިސްމާއިލް އިކްލީލް އެވެ.

މުޅިރާއްޖެއަށް ހުޅުވާލައިގެން ޓެކާސް އިން ބާއްވާ މި ފުޓްސަލް މުބާރާތުގައި އޭދަފުށި ތަމްސީލްކުރަނީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.

ޒޯން ދޭއްގެ ބްލޮކް އެކެއްގެ ޗެމްޕިއަންކަން ދުވާފަރު ހޯދުމުން އެ ޓީމު ދެން ވާދަ ކުރަންޖެހޭނީ މި ޒޯންގެ ޅ. ނައިފަރު ޓީމާ އެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ. އެމެޗުން މޮޅުވާ ޓީމަކަށް ޒޯން 2 ގެ ޗެމްޕިއަންކަން ލިބިގެންދާނެ އެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top