އޭދަފުށީގައި، ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަދު ފަށަނީ

viber_image_2022-03-03_10-21-44-647.jpg

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބާއްވާ ކުޅިވަރުތައް މިއަދު ހަވީރު ފަށާނެ ކަމަށް އެކޮމެޓީން ބުނެފި އެވެ. ބައިނަލްއަގްވާމީ އަންހެނުން ދުވަހަކީ މާޗް 8ވަނަދުވަހެވެ.

އޭދަފުށި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އޭދަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތްތައް މިއަދު ފެށޭއިރު ހަވީރު 4:30 ގައި އޮންނަ ފުރަތަމަ އިވެންޓަކީ އޭދަފުށީ ޕޮލިސްގެ ފަރާތުން ކުރިއަށް ގެންދާ ޓްރެޝަރ ހަންޓް ކަމަށް ކޮމެޓީން މައުލުމާތު ދެއްވަ އެވެ. މި އިވެންޓް އޮންނާނީ އޭދަފުށީ ޕޮލިސް އިމާރާތުގެ ކުރިމަތީގައެވެ.

ޕްރޮގްރާމް ރޭވިފައި އޮތް ގޮތަށް ބަލާއިރު މިރޭ އޮންނާނީ އަންހެނުނގެ ވާދެމުމުގެ މުބާރާތެކެވެ. ޖުމްލަ 6 ޓީމް ބައިވެރިވާ މި މުބާރާތް ކުރިއަށް ގެންދާނީ އޭދަފުށީ ދެކުނު ފަރާތު ހިއްކި ބިމުގައި ޖަމިއްޔަތުލް ވަފާގެ ކުރިމަތީގައި އޮތް ހުސްބިމުގައެވެ. ފަށާ ގަޑިއަކީ8:30 އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top