އަންނަ ހަފްތާއިން ފެށިގެން ކަރަންޓީނު ނުވެ ރަށްރަށަށް ދަތުރު ކުރެވޭ

IMG_20210218_164116471.jpg

އޭދަފުށި ބަނދަރުމަތި

އަންނަ ހަފްތާ އިން ފެށިގެން ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތް ހަދައި އެކަމާބެހޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފި އެވެ.

ކަރަންޓީނުވުމާ ނުލާ ދަތުރު ކުރުމަށް ހުއްދަ ދިނުމުގައި އަމަލު ކުރާނެ އުސޫލުގައި ބުނާ ގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް، ފަސް އިންސައްތަ އަށްވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަ ކުއްޖެއް ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެ އިތުރުން ފަތުރުވެރިންވެސް ހިމެނޭގޮތަށް ދީފައިވާ ލުޔަކީ، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުމެވެ. ނަމަވެސް، ސިއްހީ ހިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތަކާއި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް އަދި، ރެސިޑެންޝަލް ކެއާގެ ހިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް އެ ކަމުގައި އިސްތިސްނާ ވެއެވެ.

އެމީހުންނަށް ރާއްޖެއަށް ދަތުރު ކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކުއެވެ.

ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒްއާއެކު ބޮޑު ލުޔެއް ދޭން ނިންމާފައި ވާއިރު، އިއްޔެގެ ނިޔަލަށް 274،782 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އަދި 28،970 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ރާއްޖެ ލޮކްޑައުން ކުރިތާ މިއަދަށް އަހަރެއް ވެފައިވާއިރު، ލޮކްޑައުން ކުރި ފަހުން ކަރަންޓީނާ ނުލައި ރަށްރަށަށް ދެވިފައިވަނީ ހަމައެކަނި ހާއްސަ ހުއްދައިގެ ދަށުން ވަކި މުއްދަތަކަށެވެ. އެހެން ނޫން ނަމަ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެ އެވެ.

ރަށަކުން މާލެ އައުމަށް ފަހު އެނބުރި ރަށަށް ދިޔަ ނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top