ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން އެއް ދަންފަޅިއަށް

35924540_10156205017645240_5617922540061065216_n-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކޮށްފިއެވެ.

ރޯދަމަސް ނިމި ކުރިން ވެސް އޮތްގޮތަށް ސްކޫލްގެ ކިޔެވުން މިއަދު ފެށީ އެ ބަދާލާ އެކުގައެވެ.

އެއް ދަންފަޅިއަށް ބަދަލުކުރުމާ އެކު ސްކޫލުގެ ކިޔެވުން މެންދުރު ފަހު 1:30ގައި ނިމޭނެއެވެ. ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ ހެނދުނު 6:40 އަށެވެ.

މި ބަދަލާއެކު އިތުރު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރުކުރި 11:45 ން 13:00 އަށް ކަމަށް އެ ސްކޫލުން ބުންޏެވެ.

1978 ވަނައަހަރުން ފެށިގެން ހިނގަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 700 އަށްވުރެ ގިނަކުދިން ތައުލީމް ހާސިލުކުރަމުން ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top