ދިޕިކާއަށް ލިބުނު ލޯބީގެ ބައެއްސިޓީ ދައްކާލައިފި

deepika-padukone.jpg

(ލިއުނީ: މުހައްމަދު އަހުނަފް)   ކޮރޯނާ ބަލީގެ ސަބަބުން އިންޑިއާ ލޮކްޑައުން އަށް ގޮސްފައިވާއިރު ގޭގައި ތިބެގެން އެހެން މީހުން މުނިފޫހި ފިލުވައި ދިނުމަށް އެންމެ މަޖާ ކަންތައްތަކެއް ކުރަމުން ގެންދާ ބަޔަކީ ބޮލީވުޑްގެ ފަންނާނުންނެވެ. މިގޮތުން ކުރާ ކަންކަން އެމީހުން ގެންދަނީ ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.

ބޮލީވުޑްގެ ރާނީގެ ގޮތުގައި މަޝްހޫރު ވެފައިވާ ދިޕީކާ، ފުރަބަންދުގެ މި ދުވަސްވަރު ފުރަތަމަ ވީ  ކުޑަވަރެއްގެ މާސްޓަރޝެފް”އަކަށެވެ. އެގޮތުން ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކޮށް ފިރިމީހާ ރަންވީރު ސިންގއަށް ކާން ދިނީއެވެ.

މިހާރު އެހެންކަމެއް ކުރަން ފަށައިފިއެވެ. އޭނާދެކެ ލޯބިވާ މީހުން ފޮނުވާފައި ހުރި ސިޓީތައް ދައްކާލުމެވެ. ރަންވީރު ނިދާފައި އޮންނަ ވަގުތުތަކުގެ ބޭނުން ދިޕިކާ ހިފަނީ މި ސިޓީތައް ކިއުމުގައެވެ.

މި ގޮތުން ލިބިފައިވާ ފުރަތަމަ ސިޓީ ވަނީ އިންސްޓްރަގްރާމަށް ލާފައެވެ. މި ސިޓީގެ ކެޕްޝަންގައި #ފޭން އަދި# ލަވް ޖަހާފައި އޮތެވެ.

ހީވާ ގޮތުން މިއީ އިވެންޓެއްގެ ތެރެއިން އޭނާއަށް ލިބިފައިވާ ސިޓީއެކެވެ.

ސިޓީގައި ލިޔެފައިވެއެވެ. “އަހަންނަށް ދިރިއުޅުންދެކެ ލޯބިވެވުނީ ފެނުނީ ދީޕިކާ ގެ ސަބަބުންނެވެ. އަދި ބޮލީވުޑަށް ލޯބި ޖެހުނީ އުމުރުން 15 އަހަރުގައި “ޗެންނާއި އެކްސްޕްރެސް” އިން ދިޕިކާ ފެނިގެންނެވެ. އެ ފިލްމުގައި އަހަރެންގެ އަވަށް ފެންނާތީ ވަރަށް އުފާވި އެވެ. (މީނަންމާ ) ”

މީގެ އިތުރުން ޑިޕްރެޝަން އާ ދެކޮޅަށް އޭނާ ކުރި ހަނގުރާމައިގެ ވާހަކަ ދައްކާފައިވެއެވެ.

“އަހަރެންނަކީ ޑިޕްރެޗްނަ ހުންނަ މީހަކަށްވެފައި މި ބައްޔާބެހޭ ގޮތުން މަންމައާ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބުނީ ދިޕިކާގެ ސަބަބުންނެވެ. އެހެނީ ނަފްސާނީ ބަލިތަކާބެހޭ ގޮތުން ދިޕިކާ އަޑުއުފުލައި ވާހަކަ ނުދެއްކިނަމަ މަންމަ ގާތު އެވާހަކަ ދައްކާކަށް ނުކެރުނީހެވެ. އަހަންނަށް އެންމެ ކަމުދާ އެކްޓަރުންނަކީ ކޮން ބައެއްކަން އެނގުނީވެސް ދިޕިކާގެ ސަބަބުންނެވެ. އެކަން އެނގުނީ ފިލްމް ރާމްލީލާ ގައި ރަންވީރު އާއި ދިޕިކާ ކުޅުންު ރޯލް ބަލާފަ އެވެ.

އަހަރެން ސިންގަޕޯގައި ދިރިއުޅުނު ކަމަށްވިޔަސް ދިޕިކާގެ ފިލްމުތައް ބެލުމުން މުންބާއީ އާއި ކޯސިކާ ފަދަ ދުވަހަކުވެސް ނުދާ ގައުމުތައް ދެކެ ލޯބި ވިއެވެ. އާއެކެވެ. އަހަރެން އަލަށް މިއަހަރު މުންބާއި އަށް ދިޔައީމެވެ. އަދި އަންނަ މަހު ކޯސިކާ އަށް ދާނަމެވެ.”

މި ސިޓީ އޭނާ ނިންމާލާފައިވަނި ދިޕިކާއަކީ އޭނާގެ ދިރިއުޅުމުގެ އަލިކަން ކަމަށް ބުނަމުންނެވެ.

ދިޕިކާ ދައްކާލި އެހެން ސިޓީއަކުން  ދިޕިކާ ފާހަގަކުރި ތަންކޮޅަކީ “އިންޑިއާގައި ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ދެކެވެމުންދާ ދޮގު ވާހަކަތަކަށް ރައްދު ދޭތީ އޭނާ ދެކެނީ ދިޕިކާއަކީ ނަމޫނާ އެއްގެ ގޮތުގައި” ކަމުގައެވެ.

ސިޓީތައް ކިއުމުގެ އިތުރުން އޭނާ ކުޑައިރު މޮޑެލް ކުރި ފޮޓޯއެއް ވެސް އިންސްޓަގްރާމް އަށް ލާފައި އޮތެވެ. މިފޮޓޯގެ ކެޕްޝަންގައި “ކުޑައިރު ފަށައިފިން ” ކަމަށް ލިޔެފައި އޮތެވެ.

މީގެއިތުރުންވެސް މިފަދަ ކުދިކުދި ކަންތައް ސޯޝަލް މީޑިއާގައި ދިޕިކާދަނީ ފޭނުންނާ ހިއްސާ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top