އަތޮޅުތަކުގެ ދަތުރުތަކަށް އެމްޓީސީސީން ފެރީ ހޯދަނީ

IMG_20220224_120524140.jpg

އެމްޓީސީސީން ކުއްޔަށް ހިފާފައިވާ ފެރީއެއް، އޭދަފުށީ ފަޅުގައި

އެމްޓީސީސީން އަތޮޅުތެރޭގައި ދެމުން އަންނަ ދަތުރުފަތުރަށް ބޭނުންވާ ފެރީ، ކުއްޔަށް ހޯދަން އިއުލާނު ކޮށްފި އެވެ.

ފެރީތަކެއް ހޯދަން މި މަހުގެ ކުރީކޮޅުވެސް އެމްޓީސީސީން އިއުލާނު ކުރިއެވެ. ނަމަވެސް ބޭނުންވި އަދަދަށް ވުރެ އިތުރަށް މިހާރު ފެރީތައް ބޭނުންވާތީ އަލުން އެކަމަށް ހުޅުވައިލީ ކަމަށް އެކުންފުނިން ބުންޏެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ އަންނަ މަހުގެ 3 ގަ އެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ގަ އެެވެ. މައުލޫމާތު ދިނުމާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޒޮނެއިރިޔާ ބިލްޑިންގުގެ ތިން ވަނަ ފަންގިފިލާގެ މީޓިން ރޫމްގައި ދެ ދުވަހު ވެސް ހެނދުނު 10:00 ގަ އެވެ.

މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ދިން ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top