ބަހިއްޔާ ޕްރީސްކޫލް އަލުން ހުޅުވަނީ

DSCN3447-Copy-2.jpg

ބަހިއްޔާ ޕްރީސްކޫލް- ފޮޓޯ : އީވީ

އޭދަފުށި ބަހިއްޔާ ޕްރީސްކޫލް ބަންދުކޮށްފައި ހުންނަތާ ދެއަހަރުވާން އުޅެނިކޮށް އަލުން އެސްކޫލް ހުޅުވަން ނިންމައި ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު އޭދަފުށީ ކައުންސިލުން ހުޅުވާލައިފިއެވެ.

ކައުންސިލުން މިއަދު އާއްމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބަހިއްޔާ ޕްރީސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ދަރިވަރުން ރަޖިސްޓަރީ ކުރުމުގެ ކުރިން ދަރިވަރުންނާއި ބެހޭ މައުލޫމާތު ގޫގުލް ފޯމް މެދުވެރިކޮށް އަންނަ މާރިޗް މަހުގެ 3 ވަން ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުމަށް ކައުންސިލުގެ އިއުލާނުގައި ބުނެފައިވެ އެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މޯބައިލް ފޯން ނަންބަރު: 7904485 ނުވަތަ 7748462 އާއި ގުޅުއްވުމަށްވެސް ކައުންސިލުން އެދެއެެވެ.

ބަހިއްޔާ ޕްރީސްކޫލް އެންމެފަހުން ހިންގީ އެމްއައި ކޮލެޖްގެ ފަރާތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top