މިއަދަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 44ވަނަ އަހަރީދުވަސް

DSC_5812.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 44 ވަނަ އަހަރީ ދުވަހަށް ތައްޔާރު ކުރި ހާއްސަ ކޭކު ފަޅަނީ

މިއަދަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ 44ވަނަ އަހަރީ ދުވަހެވެ.

24 ފެބްރުއަރީ 1978 ގައި ބ.އަތޮޅު ތައުލީމީ މަރުކަޒު އުފަންވީ ބ. އަތޮޅު ކޮމިއުނިޓީސްކޫލް ގެ ނަމުގައެވެ. އެންމެ 58 ދަރިވަރުންނާއި، 3 މުދައްރިސުންނާއި އެކު ހުޅުވި މި ސްކޫލްގައި ކިޔަވައިދިނީ ހަމައެކަނި ގްރޭޑް 1 އާ ހަމައަށެވެ.

ސްކޫލުގެ 44 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ތައް މިއަދު ކުރިއަށް ގެންދާއިރު މި މި ހަރަކާތަތއް ފަށާފައިވަނީ ހެނދުނު ބޭއްވި އެސެމްބްލީ އަކުންނެވެ.  އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އެވެ.

އެސެމްބްލީ ޗަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން އަފްރާހް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި މިހާރުގެ ދަރިވަރުންވެސް ސްކޫލަށް ރީތި ނަން ހޯދައިދިނުމަށް އަޒުމް ކަނޑައެޅުމަށް ގޮވައިލެއްވި އެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި މިހާރު 753 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން ގެންދާއިރު  ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުންފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top